އެމްއޭސީއެލް އިން އެއް ލައްކަ ގަސް އިންދަން ފަށައިފި

ސަރުކާރުން ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން 100،000 ގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ފައްޓަވައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމެނީގެ ފަށާފައިވާ ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ސަރުކާރުން ފަށާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އެކުންފުނިން ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން އެމްއޭސީއެލްގެ ފަރާތުން 100،000 ގަސް އިންދާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

މި ޕްރޮގްރާމު ރަސްމީކޮށް ފައްޓަވާފައިވަނީ އެކަމަށްޓަކައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު އައު ޓާމިނަލު ކައިރީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު އަދި އެކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިދިޔަ އަހަރު ފެއްޓެވި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 500،000 އަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މިއީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމެއް ނަމަވެސް މި ޕްރޮގްރާމުގެ ދަށުން 6.3 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ. އަދި މިއަހަރުގެ ނިޔަލަށް 2 މިލިޔަން ގަސް އިންދުމަކީ ސަރުކާރުގެ އަމާޒެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *