ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) އިންތިހާބުކޮށްފިއެވެ.
އައު ރައީސްކަމަަށް ޠާރިޤު އިންތިހާބުކުރީ މިއަދު ބޭއްވި އެމްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ހުރިހާ ކުލަބުތަކެއްގެ އިއްތިފާގުންނެވެ. މިއަދު ވަނީ އޭނާ ހުށަހަޅުއްވާފައިވާ ހިންގާ ކޮމިޓީވެސް އިއްތިފާގުން ފާސްކޮށްފައެވެ.
ޖޫންމަހު 26ގައި ފާސްކުރި އަސާސީ ގަވާއިދުގެ ދަށުން މިއަދު ބޭއްވި އިންތިހާބުގައި ޠާރިޤާއި ވާދަކުރަން އެއްވެސް ކެނޑިޑޭޓަކު ނެތެވެ. އޭނާ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅީ ވޯޓު ލުމުގެ ފުރުސަތު ލިބިފައިވާ 23 ކުލަބުގެ ތާއީދާ އެކުގަ އެވެ.
ތޯރިގްގެ އެކްސްކޯގައި ހިމެނޭ ނައިބު ރައީސުންނަކީ ސީނިއާ ވައިސް ޗެއާމަނުން ކަމަށްވާ އަލީ އިބްރާހީމް އާއި، މުޖުތަބާ ޖަލީލުގެ އިތުރުން މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ.
މި އެކްސްކޯގައި ދެން ހިމެނޭ މެންބަރުންނަކީ ގޯލްޑް ކީޕަރު އިމްރާން މުހައްމަދާއި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރ މުހައްމަދު އުމެއިރު އާއި ޓީސީ ސްޕޯޓްސްގެ ޗެއާމަން އަހުމަދު އައްބާހާއި ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާނުގެ އިތުރުން އޮޑި ސްޕޯޓްސްގެ އަބްދުﷲ ނާސިހެވެ. މީގެ އިތުރުން އަންހެން ދެ މެންބަރުންނަކީ ހައްވާ ނަސްރާ ސައީދު އާއި ހައްވާ ރަޝީދާއެވެ
