އެޗްޑީސީގެ އެމްޑީއަކަށް ޢަލީ ޒުހައިރު އައްޔަނުކުރައްވައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ދަފްތަރު ނަންބަރު 6544 ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު އައްޔަނުކުރައްވައިފިއެވެ.

ޢަލީ ޒުހައިރު މިހާތަނަށް ފުރުއްވަމުން ގެންދެވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީ.ސީ.ބީން ވިދާޅުވީ، އާރް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުން ޢަލީ ޒުހައިރު ވަކިކޮށް، އެ މަޤާމަށް މއ. އެލީޒިއަމް އިބްރާހީމް ނަޘީމް މިއަދު އައްޔަނުކުރައްވާފައިވާކަމަށެވެ. އަދި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ޢަލީ ޒުހައިރު އައްޔަނުކުރައްވާފައިވާކަމަށެވެ.

ޕީ.ސީ.ބީން މި ބަދަލުގެންނަވާފައި މިވަނީ އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި މުޙައްމަދު މައުރޫފް ޖަމީލް އެމަޤާމުން އިސްތިއުފާދެއްވާފައި ވަނިކޮށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރކަމުގެ މަޤާމާއި މައުރޫފް ޖަމީލް ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *