އުފަލުގައި ޒަވާޖީ ޙަޔާތް ނުވަތަ ކައިވެނި ދެމެހެއްޓުމަށްޓަކައި އަމަލުކުރަން ޖެހޭ ޤާނޫނުތަކެއް އެބަހުއްޓެވެ. މި ޤާނޫނުތަކަށް ކައިވެނި އުފަލުގައި ދެމެހެއްޓުމުގެ ޤާނޫނުގެ މާއްދާތައް ކަމަށްވެސް ކިޔައެވެ. އެއީ:
1 އެއްވެސް ސަބަބެއް ދިމާވެގެން ދެމަފިރިން އެކުގައި ރުޅި ނައުން
2 ގޭގައި އަލިފާން ރޯވެގެން ނޫނީ އެކަކު ވެސް އަޑުގަދަ ނުކުރުން
3 ޒުވާބެއް ކުރަން ޖެހުނު ނަމަވެސް މޮޅުވުމުގެ ފުރުޞަތު ރުޅި އައި މީހާއަށް ނެތުން
4 ފާޑުކީނަމަވެސް ލޯތްބާއިއެކު ފާޑުކިޔުން
5 މާޒީގައި ހިނގައި ނިމިފައި ހުންނަ މައްސަލަތަކުގެ ވާހަކަ ފަހުން ނުދެއްކުން
6 ދެމަފިރިންގެ ގުޅުމަށްވުރެ މުޅި ދުނިޔެ ވެސް މުހިންމު ނުވުން
7 ހިނިތުންވެ ތިބެގެން ނޫނީ ނިދަން އެނދަށް ނުދިއުން
8 މަދުވެގެން ދުވާލަކު 1 ފަހަރު ހުރި މައްސަލަތަކަށް މަޝްވަރާކުރުން
9 އެއްވެސް ކަމެއް އެންމެ މޮޅަށް އެނގޭނީ ތިމާއަށް އެކަނި ކަމަށް ޤަބޫލުނުކުރުން
10 ދަމުނަމާދު ދެމަފިރިން އެކުގައިކުރުން
11 ދެމަފިރިން އެކުގައި ދުޢާކުރުން ގިނަކުރުން
12 އަޅުކަންކުރުމުގަ ދެ މީހުންވެސް އެކަކު އަނެކަކަށް އެހީތެރިވުން
މި 12 މާއްދާއަށް ނުވަތަ މިއިން ބޮޑު ބައަކަށް އަމަލުކުރާ ދެމަފިރިއަކު މި ޤާނޫނާއިމެދު ދެކޭ ގޮތް ނިކަން އެހެން މީހުންނަށް ބުނެދީބަލާށެވެ! އަހަރެން މިބުނެދިނީ އުފާވެރިކަމާއިއެކު ކައިވެނި ދެމެހެއްޓުމަށް ކޮންމެ ދެމަފިރިއަކުވެސް އަމަލުކުރަންޖެހޭ މާއްދާތަކެވެ.
އެ ދެމަފިރިއެއްގެ ކަންތައްތައް ހުންނަގޮތުން މާއްދާ އިތުރުކުރެވިދާނެއެވެ. ނަމަވެސް އުނިކުރެވިދާނެ އެއްވެސް މާއްދާއެއް މި ޤާނޫނުގައި އޮތް ކަމަކަށް ޤަބޫލެއް ނުކުރަމެވެ. މި މާއްދާތައް އެކުލަވައިލީ ލައްކައަކަށްވުރެ ގިނަ ދެމަފިރިން ފޭސްބުކްގައި ބަހުސްކޮށް ވޯޓުލައިގެން ކަމަށްވާތީއެވެ.
— ސިންދީ އިބްރާހީމް ލުއޭޒް
