އާސެނަލް ފުރުސަތު ނަގާލައިފި!

ޕްރެމިއާރ ލީގު؛ އިނގިރޭސި ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ވާދަ ކުރަމުންދާ އާސެނަލް އަށް ތިންވަނައިގާ އޮތް ޗެލްސީ އާއި ދެ ޕޮއިންޓަށް ކައިރި ކުރުމަށް ލިބުނު ރަނުގެ ފުރުސަތު ނަގާލައިފިއެވެ. ޗެލްސީ ކުޅުނު މެޗުން ހީނުކުރާ ގޮތަކަށް ބްރެންޓްފޯޑް އަތުން ބަލި ވެފައި ވުމުން އާސެނަލް ކްރިސްޓަލް ޕެލަސް އަތުން މޮޅުވިނަމަ ގަދަ ހަތަރަށް ވާދަ ކުރުމަށް ބޮޑު ބާރެއް ކަމުގައި ވީހެވެ. އެކަމަކު އާސެނަލް ވެސް 3-0 ކުން ވަނީ ބަލިވެފައެވެ. ކްރިސްޓަލް ޕެލަސް އަށް ގޯލް ތައް ޖަހައި ދިނީ މަޓޭޓާ، އަޔެއު، އަދި ޒަހާ އެވެ.

މިނަތީޖާ ތަކުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރި ޓީމަކީ ޓޮޓެންހަމް އެވެ. ނިއުކާސަލް އަތުން 5-1 ގެ ނަތީޖާ އަކުން މޮޅުވެ ޓޮޓެންހަމް ވަނީ އިތުރަށް އެއްމެޗު ކުޅެ ޓޭބަލުގެ ހަތަރު ވަނައަށް ޖެހިލާފައެވެ. އާސެނަލް އާއި ޓޮޓެންހަމް އަށް 54 ޕޮއިންޓް ލިބިފައި ވާއިތު ޓޮޓެންހަމް އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ސަބަބުންނެވެ.

ޔުނައިޓެޑު މެޗުން މޮޅުނުވެވި އެޓީމުވެސް ވަނީ ގަދަ ހަތަރެއްގެ ހަނގުރާމައިގާ އިތުރު ހުރަސް ތަކަކާއި ކުރިމަތި ލާން ޖެހިފައެވެ. ލެސިސްޓާރ ސިޓީ ދެކޮޅަށް ކުޅުނުމެޗު ނިމިފައިވަނީ އެއް ގޯލުން ދެޓީމު އެއްވަރު ވެފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *