މަޖިލިސް މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފިއެވެ. މިދިޔަ އަހަރު ހުވާކުރި އައު މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭނީ މިދިޔަ އޮގަސްޓް މަހުގެ 31ވަނަ ދުވަހާ ހަމައަށެވެ. އެ މުއްދަތު މިދިޔަ އާދީއްތަ ދުވަހަށް ހަމަވެފައިވާއިރު މިހާރު ބައެއް މެންބަރުން މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށް މަޖިލީހުން ވިދާޅުވިއެވެ.

މަޖިލީހުން ވިދާޅުވިގޮތުގައި މިހާތަނަށް 88 މެންބަރަކު ވަނީ މާލީ ބަޔާން ހުށަހަޅުއްވާފައެވެ. މި ބަޔާންތައް މިހާރު ވަނީ މަޖިލީހުގެ ވެބްސައިޓުގައި އާންމުންނަށް ފެންނާނެހެން ޝާއިއުކޮށްފައެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު 20 ވަނަ ދައުރަށް މެންބަރުން ހުވާ ކުރައްވާފައިވާތީ އެ އެމެންބަރުން މާލީ ބަޔާން ހުށަހަޅަންޖެހެނީ ހުވާކުރާތާ އެއް އަހަރު ދުވަސް ފަހުންނެވެ. މިއަހަރުގެ މެއި މަހުގެ 28 އަށް އެއް އަހަރު ފުރިފައިވާ މެންބަރުން މާލީ ބަޔާން ހުށަހެޅުމުގެ އެންމެ ފަހު މުއްދަކީ މިއަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަސްކަމަށްވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.

މެންބަރުން މާލީ ބަޔާން ހުށަހެޅުމަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން ކޮންމެ މެންބަރަކުވެސް ކުރަންޖެހޭ ކަމެކެވެ. މި ބަޔާނުގައި ކޮންމެ މެންބަރެއްގެ މިލްކިއްޔާތުގައިވާ ފައިސާއާއި މުދަލުގެ މައުލޫމާތު އާންމުކުރެވޭނެއެވެ. މިހާތަނަށް 88 މެންބަރުން މާލީ ބަޔާން ހުށަހަޅުއްވާފައިރު މި ހިނގާ 20ވަނަ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވައެވެ.

މަޖިލިސް ވެބްސައިޓުން ދައްކާގޮތުގައި، 93 މެންބަރުން ހިމެނޭ މަޖިލީހުގެ ހަތް މެންބަރުން ފިޔަވައި ހުރިހާ މެންބަރުންގެ މާލީ ބަޔާން މިއަދު 11:45 އާ ހަމައަށް ވަނީ އަޕްލޯޑް ކޮށްފައެވެ.

މިހާތަނަށް މާލީ ބަޔާން ނެތް މެންބަރުން:

  • މައްޗަން ގޮޅީ މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
  • މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
  • މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް
  • ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބުދުﷲ
  • ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު
  • ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
  • ފޭދޫ އުުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *