ޗެމްޕިއަން ޗެލްސީ ބަލިކޮށް ރިއާލް އިން ސެމީ ގެ އުއްމީދު ބޮޑު ކޮށްފި.

ޗެމްޕިއަންސް ލީގު؛ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބަލިކޮށް ރިއާލް އިން ސެމީ ގެ އުއްމީދު ބޮޑު ކޮށްފިއެވެ. ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެލްސީ ދަނޑުގައި ކުޅުމު މެޗުގައި ރިއާލް މޮޅުވީ 3-1 ލަނޑުގެ ނަތީޖާ އިންނެވެ. ރިއާލުގެ 3 ލަނޑު ވެސް ޖެހީ ބެންޒެމާ އެވެ. އަދި ޗެލްސީގެ ހަމަ އެކަނި ލަނޑު ކާމި ޔާބު ކުރީ ކައި ހަވަޓްޒް އެވެ. ދެވަނަ ލެގުގައި ޗެލްސީ އަށް މިވަނީ އުނދަގު ރިއާލް ގެ ދަނޑުގައި ވަރުގަދަ ހަނގުރާމައެއް ކުރަން ޖެހިފައެވެ. މުޅި މެޗު ކޮންޓްރޯލު ކޮށް ޗެލްސީ ކުޅުނު މެޗުގައި ޑިފެންސް ލައިން އާއި ކީފަރަށް ހެދު ގޯސްތަކަކުން ރިއާލް ފައިދާ ނަގައި ދެ ލަނޑުގެ އެގްރިގޭޓް ލީޑެއް މިވަނީ ނަގާފައެވެ.

ބަޔާން މިއުނިކާއި ވިލަރެއާލް ކުޅުން މެޗުގައި އަމިއްލަ ދަނޑުގައި 1-0 ކުން މޮޅުވަފައި ވަނީ ވިލަރިއާލް އެވެ. މެޗުގެ ހަމަ އެކަނި ލނަޑު ކާމިޔާބު ކޮށްދީފައި ވަނީ ޑަންޖުމާ އެވެ. ދެ ވަނަ ލެގުގެ މެޗުތައް ކުޅޭނީ އެޕްރީލު 13 އަދި 14 ގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *