ބޮޑު އަގުގައި ކުއްޔަށް ދޭ މައްސަލަ ޤާނޫނަކުން ނަމަވެސް ހައްލުކުރާނެ: މުއްޠަލިބު

ސޯޝަލް ހައުސިންގެ ތެރެއިން ދޫކުރާ ފްލެޓްތަކަށް ކުލި ނުދައްކާ މައްސަލައާއި އެ ތަންތަން ބޮޑު އަގުގައި ކުއްޔަށް ދޭ މައްސަލަ ޤާނޫނަކުން ނަމަވެސް ހައްލުކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ނޫސްވެެރީންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށްގެން ހަދާފައިވާ ތަންތަންކަމުގައެވެ. އަދި އެ ފްލެޓްތަކުގެ ކުލި ކަނޑައަޅާފައިވަނީ ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ކަމުގައެވެ. އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއްނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ފްލެޓްތަކުން އެއްގޮތަކަށްވެސް ކުލި ނުދައްކާތީ އެކަމުގެ ކަންބޮޑުވުންވެސް ޢާންމުންގެ ތެރޭގައި އޮތްކަން މިނިސްޓަރު ފާހަަގަ ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ ބައެއް މީހުން ކުލި ނުދައްކަނީ ހިލޭ ބިންތަކެއް ދީފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެގޮތަށް އަމަލުކުރުމުން ގެއްލިގެން ދަނީ އެތައް ރައްޔިތުންނެއްގެ ޙައްޤުތައް ކަމަށެވެ.

"ހަޤީޤަތުގައި ކުލި ނުދެއްކުމަކީ ހަމައެކަނި ސަރުކާރުން ހިންގާފައި އޮތް މަޝްރޫޢަކާ ގުޅިގެން ނޫނީ ސަރުކާރުން ހިންގާފައިވާ ޕޮލިސީއަކާ ގުޅިގެން ސަރުކާރަށް އޭގެ ނަފްރަތު ބޭލުމަށްޓަކައި ކޮށްގެން ހަމައެކަނި ފަރުޖެއްސޭ ކަހަލަ ކަމެއްނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *