ކަދުރު ކޭކު

ރޯދަމަހު ބަދިގެ ތެރެ ފަޅުފިލުވާލަން ކޭކުތެރެއަށް ކަދުރު ކޭކު އިތުރުކޮށްލުމަކީ ގެނެވިދާނެ ބަދަލެކެވެ.

 ބޭނުންވާ ތަކެތި:

1 ޖޯޑު ކަދުރު (އޮށް ނަގައި ކޮށާފައި)

½ ޖޯޑު ހޫނުފެން

1 ސައިސަމުސާ ބޭކިންގް ޕައުޑަރ

1 ޖޯޑު ފުށް

1/3 ސައިސަމުސާ ލޮނު

2/3 ޖޯޑު ހަކުރު

2/1 ޖޯޑު ބަޓަރު (ދިޔާކޮށް ހިހޫކޮށްފައި)

2 ބިސް

1 ސައިސަމުސާ ވެނީލާ އެސެންސް

 ތައްޔާރު ކުރާނެގޮތް:

ހޫނުފެނުގެ ތެރެއަށް ކަދުރާއި ބޭކިންގް ޕައުޑަރ އަޅާ ބޯތަށްޓަކަށް ބަހައްޓާށެވެ. އަދި ރަނގަޅަށް އެއްކޮށްލުމަށްފަހު ތިރީސް މިނިޓު ވަންދެން ބަހައްޓާށެވެ. އޭރުން ހުންނާނީ ކަދުރުކޮޅު މަޑުވެފައެވެ.

ހަކުރާއި، ބަޓަރާއި ބިސް ބޮޑު ތައްޓަކަށް އަޅާ ރަނގަޅަށް ގިރާލާށެވެ. އޭގެ ތެރެއަށް ފޯކުރި ކަދުރުތައް އަޅާ އެއްކޮށްލާށެވެ. ދެން ވެނީލާ އެސެންސް އަޅާފައި އަނެއްކާވެސް އެއްކޮށްލާށެވެ. ފުށުގެ ތެރެއަށް ލޮނުކޮޅު އަޅާ  އެއްކުރަމުން ދިޔަ އެއްޗިހީގެ ތެރެއަށް ފުށްއެތި އަޅާ ރަނގަޅަށް އެއްކުރާށެވެ. ދެން ހެޔޮވަރު ތަބަކަކަށް އެއްކުރިބައި އެޅުމަށްފަހު އަވަނަށް ލާށެވެ. ފިހެވުނީމައި އަވަނުން ނަގާފައި ތަބަކުން ނުނަގައި 10 ވަރަކަށް މިނިޓުވަންދެން ބަހައްޓާލާށެވެ.

ކޭކު ފިހަންލުމުގެ 10 މިނިޓްކުރިން 150 ޑިގްރީއަށް އަވަން ހޫނުކުރަން ވާނެއެވެ. އަބަދުވެސް ކޭކު ފިހެވެމުން ދާވަރުން އުލެއް ބޭނުންކޮށްގެން ޗެކްކުރަން ވާނެއެވެ. މާ ބޮޑަށް ފިހެވުމުން ކޭކު ހަރުވާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *