ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް 300 އަށް ވުރެ ގިނަ ސްކޮލަޝިޕް ހުޅުވާލައިފި

ސަޢުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް 300 އަށް ވުރެ ގިނަ ސްކޮލަޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ހުންނަ ސަޢުދީ އަރަބިއާގެ އެމްބަސީން ބުނީ، ރާއްޖެއަށް ފުރުސަތު ހުޅުވާލީ 11 ދާއިރާއަކުން ކަމަށެވެ. އެގޮތުން ސަޢުދީ އަރަބިއްޔާގެ ޔުނިވަސިޓީތަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް 318 ފުރުސަތު ވަނީ ހުޅުވާލާފައެވެ. ސަޢުދީ އަރަބިއްޔާގެ އެމްބަސީން ބުނީ ވެބްސައިޓް މެދުވެރިކޮށް މިހާރު އެ ފުރުސަތުތަކަށް ހުށަހެޅޭނެ ކަމަށެވެ.

ސަޢުދީ އަރަބިއްޔާއިން ކިޔަވަން ހުޅުވާލި 11 ދާއިރާއަކީ، ބިޒްނަސް މެނޭޖްމަންޓް، މީޑިއާއާ ގުޅުން ހުރި ދާއިރާތައް، ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް، ލޯ ސައިންސް، އެޑިއުކޭޝަނަލް ސްޕެޝަލިޓީސް، ސޯޝަލް ސައިންސަސް، ދަނޑުވެރިކަން، އިކޮނޮމިކް އަދި ޕޮލިޓިކަލް ސްޓަޑީޒް، އިންޖީނިއަރިން މޭޖާ، އިސްލާމިކް ފީލްޑް ސްޓަޑީޒް އަދި އަރަބިކް ސްޓަޑީޒް އަދި ބޭރުގެ އެހެން ބަސްތަކާ ގުޅުން ހުރި ދާއިރާތަކެވެ.

ސަޢުދީ އަރަބިއްޔާއިން ކިޔެވުމުގެ އިތުރުން، ރާއްޖޭގައި ހުންނަ އިމާމް ޔުނިވަރސިޓީ ކެމްޕަހުގައި ހިލޭ ޑިޕްލޮމާ ކޯސްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. އެއީ ހަމައެކަނި ފިރިހެނުންނަށް ޚާއްސަކޮށްފައިވާ ފުރުސަތުތަކެކެވެ. އެ ފުރުސަތުތަކަށް އެދި ދެ ހަފްތާގެ މުއްދަތެއް ދީފައިވެއެވެ.

ރާއްޖޭގައި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ. ކޯސްތައް ކިޔަވައިދޭނީ އަރަބި ބަހުން ކަމަށް ސަޢޫދީ އަރަބިއްޔާގެ އެމްބަސީން ބުނެފައިވެއެވެ. އެއީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ކޯސްތަކެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *