ހައި ކޯޓުގެ ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވައިފި

ހައި ކޯޓުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން މިއަދުން ފެށިގެން ރިޓަޔާކުރައްވައިފި އެވެ.

ހައި ކޯޓުން ބުނި ގޮތުގައި ފަނޑިޔާރު ނިޔާޒު ވަނީ ޝަރަފުވެރިކަމާ އެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފަ އެވެ. އެހެންވެ، މިއަދަކީ ނިޔާޒު ހައި ކޯޓުގައި ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި އެންމެ ފަހު ދުވަހެވެ. އެ ކޯޓުން ވަނީ ފަނޑިޔާރު މުޙައްމަދު ނިޔާޒް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ނިޔާޒް ވަނީ 23 އަހަރު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފަ އެވެ. އޭނާ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނާއިބު ރައީސްކަން ވެސް ކުރައްވާފަ އެވެ.

ފަނޑިޔާރު ކަމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމަށް ނިޔާޒު ހުށައެޅުއްވީ މީގެ ކުޑަދުވަސްކޮޅެއްގެ ކުރީންނެވެ. އެ ހުށައެޅުން ޖޭއެސްސީން ބަލައިގަނެ ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަތުމުގެ ފުރުސަތު ދެއްވީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަަމަށް ޖޭއެސްސީން ބުނެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *