ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ޓީވީ މޯލްޑިވްސް އިން އާންމުންގެ އެންމެ ބޮޑު މަޤްބޫލު ކަމެއް ހޯއްދެވި އަޙްމަދު ޝަކީބު މިއަދު އައްޔަނު ކުރައްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ، ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަކީބް ދައުލަތުގެ މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީބް އައްޔަންކުރީ ކުރިން އެ މަގާމު ފުރުއްވި އިބްރާހިމް ނަސްރީން މިދިޔަ ނޮވެމްބަރު 29 ގައި އިސްތިއުފާ ދެއްވުމުންނެވެ
ޝަކީބަކީ ޓީވީ މޯލްޑިވްސްގެ އެންމެ މަޤްބޫލު ޝޯތަކާއި ޕްރޮގްރާމްތައް ހުށައަޅުއްވާފައިވާ ޓީވީއެމްގެ އެންމެ މަޤްބޫލު ހުށައެޅުންތެރިޔާ އެވެ. އޭނާ ވަނީ ވަރަށް ދިގު މުއްދަތަކަށް ޚަބަރު ވިދާޅުވެފަ އެވެ. އަދި ޓީވީއެމްގެ އެންމެ ކާމިޔާބު ޝޯތައް ކަމަށްވާ "ހޭޔަންބޯ" އާއި "ހެނދުނުހެނދުނާ" އަދި "ތިޔަބޭފުޅުންގެ ފުރުސަތު" އާއި "އެ ހަނދާނުގައި" ފަދަ އެތައް ޓީވީ ޝޯތަކެއް ހުށައެޅުއްވި އެވެ.
ޝަކީބު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްމުންދާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްވެސް ހުށައަޅުއްވައި ދެއްވާފަ އެވެ. އެއީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށާއި ސަރުކާރުގެ ކަންކަން ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑަައިގަަންނަވާ ޕްރޮގްރާމެކެވެ.
ޝަކީބް އެންމެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވީ ޑިޕާޓްމަންޓު އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ގަ އެވެ. އެ ތަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ބަދަލުކުރީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެވެ. އެއާ އެކު، މިދިޔަ އަހަރުގެ ޖުލައި މަހު ތައުލީމީ ދާއިރާ އިން އޭނާ ރިޓަޔާ ކުރެއްވީ އެވެ.
