ހުޅުމާޅެ ފޭސް 3 ހިއްކުން ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި 31 ހެކްޓަރު ބިން މިހާތަނަށް ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ބުނެފިއެެވެ.
އެމްއޭސީއެލް އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނީ ހުޅުމާލެ ފޭސް 3 އިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ 49.2 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމުގައިވެސް އެ ކުންފުނިން ވަނީ ބުނެފައެވެ
ހުޅުމާޅޭ ފޭސް 3 ހިއްކުމުގެ ސްޕީޑް އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސް ހިއްކުން އަވަސްކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމަބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ބިންހިއްކުމުގެ މަސައްކަތުގައި ބޭނުންކުރާ ދެ ޑްރެޖަރުން ދުވާލަކު ތިން ބުރު ޖަހައެވެ. ކޮންމެ ބޯޓަކުން ދުވާލަކު 63،000 ސީބީއެމްގެ ވެލި އަޅާނެއެވެ. ދެ ބޯޓުން 126،000 ސީބީއެލްގެ ވެލި އަޅާނެއެވެ.
ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް ނިމުމުން، ދެ ޑްރަޖަރ ވެސް ގިރާވަރު ފަޅު ހިއްކުމަށް ގެންގޮސް ދެ ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރު ފަޅު ވެސް ހިއްކާ ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
