ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތައް ކުރިއެރުވުން: ރައީސް

މި ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތައް ކުރިއެރުވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނަށް ޚާއްސަކޮށް ރޭ ބާއްވެވި ބައްދަލްވުން ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ކުދި އަދި މެދު ފަންތީގެ ގިނަ އަދަދެއްގެ ވިޔަފާރިވެރީން ބައިވެރިވަމުންދިޔަ މި ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވަރަށް ކުރުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިޔަފާރިވެރީންގެ ކަންބޮޑުވުމެއް، ޚިޔާލެއް ނުވަތަ މަޝްވަރާއެއް އޮތް ނަމަވެސް ހިއްސާކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އަދި ވިޔަފާރިވެރީންގެ ކަންބޮޑުވުންތަކާއި މަޝްވަރާތަކާއި ޚިޔާލުތައް ވެގެން ދާނީ އެމަނިކުފާނަށް ވަރަށް އަގުހުރި ވާހަކަތަކަކަށް ކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ މި ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތައް ކުރިއެރުވުން ކަމުގައި ވިދާޅުވެފަ އެވެ.

ވަކި ޚާއްސަ ކަމަކާއި ގުޅިގެން ބައެއް ވިޔަފާރިވެރީންނާއި ކުރީގެ ވެރީން ބައްދަލުކުރެއްވި ނަމަވެސް ވިޔަފާރިވެރީންގެ ކަންބޮޑުވުންތަކާއި މަޝްވަރާތަކާއި ޚިޔާލުތައް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މިފަދަ ބައްދަލުވުމެއް ބާއްވަވާ މިއީ ފުރަތަމަ ފަހަރެވެ.

ރައްޔިތުންްގެ ބައްދަލްވުންތަކެކޭ އެއްގޮތަށް ރޭގެ ބައްދަލުވުމުގައި ވެސް ވިޔަފާރިވެރީން ގެންދެވީ އެއްވެސް ހިފެހެއްޓުމެއް ނެތި އެ ބޭފުޅުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ ރައީސްއާ ހިއްސާ ކުރައްވަމުންނެވެ. އަދި ސަރުކާރުގެ ތެރެއިން ދަތިވާ ކަންކަމާއި ވިޔަފާރިތަކަށް ހުރި ހުރަސްތަކާއި ސަރުކާރުގެ ކިބައިން އެެދޭ ކަންކަން ވެސް ދަނީ ހިއްސާ ކުރައްވަމުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *