ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބޭ ފަރާތްތަކުގެ ގުރުނެގުން ކަލާފާނު ސްކޫލުގައި މިއަދު ފަށައިފިއެވެ. މިއަދު ކުރިއަށްދަނީ ގޯތި ލިބޭ ފަރާތްތަކަށް ޕްލޮޓް ކަނޑައެޅުމުގެ ގުރުނެގުމެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ގުރުނެގުން ކުރިއަށްގެންދާއިރު، ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކަލާފާނު ސްކޫލުގެ ހޯލަށް ވަދެވެނީ ކޮންމެވެސް އެއް ފަރާތަކަށެވެ.
ޕްލޮޓްތައް އެލޮކޭޓްކޮށްފައިވާ ގޮތުގައި ތަފްޞީލް އެ ވުޒާރާއިން މިހާރު ވަނީ އާއްމުކޮށްފައެވެ. ޕްލޮޓް ލިބުމުން، ހިޔާވެހި ޕޯޓަލްއިން ވަގުތުން ފެންނަ ގޮތް ވަނީ ހަދައިފައެވެ. އަދި، ޕްލޮޓް ނަންބަރު އެސްއެމްއެސް އަކުން ފޮނުވާނެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ތިންވަނަ ފިޔަވަހިން 698 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 7 ސައިޒެއްގެ 698 ގޯތީގެ ގުރުނެގުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ދިނުމަށް މިދިޔަ ސަރުކާރުން ނިންމިއިރުު އެތަން ހިއްކާފައެއްނުވެއެވެ. އެސަރަޙައްދު ހިއްކައި ގޯތި ދިނުމުގެ ހުރިހާ މަސައްކަތެއް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ.
