ވިމެންސް ލީގުގެ ޗެމްޕިއަންކަން މާޒިޔާ އަށް

އެފްއޭއެމް ވިމެންސް ލީގު 2025ގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ. މާޒިޔާއިން ވިމެންސް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓައިޓަލް މެޗުގައި 2-0 ގެ ނަތީޖާ އަކުން އޮޑި ސްޕޯޓްސް ކުލަބުގެ ބަލިކޮށްގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑެއްޖަހާ މެޗުގެ ލީޑު ނަގާފައެވެ. މާޒިޔާއަށް ލީޑު ނަގައިދީފައިވަނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރޭކާ ޕޮއުޑެލްއެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މާޒިޔާގެ ޑިޕާ ޝާހީ ވަނީ އިތުރު ގޯލެއް މާޒިޔާއަށް ކާމިޔާބުކޮށްދީ ފަރަގު ބޮޑުކޮށްދީފައެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެން ދިޔައީ 2-0ގެ ނަތީޖާ އަކުން މާޒިޔާ ކުރި ހޯދައިގެންނެވެ.

އެފްއޭއެމް ވިމެންސް ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ނުވަ ގޯލާއެކު ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ރުސްޓުލައެވާ ލޭލާ ރަމޭޝޮވްނާއެވެ. މީގެ އިތުރުން މި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބުގެ އައިޝަތު ޝަހާ ޝަރީފުއެވެ.

މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުގެ ޖ.13 ރޭކާ ޕޮއުޑެލް ހޮވިފައިވާއިރު، މުބާރާތުގެ ރާއްޖޭން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޮޑި ސްޕޯޓްސް ކުލަބުގެ ޖ.6 ފާތިމަތު ޝާލިޔާއެވެ.

މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ބިސްބުރު ސްޕޯޓްސް ކުލަބެެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *