ރަސްމާލެ އަންނަ އޭޕްރީލު މަހުގެ ނިޔަލަށް ހިއްކައި ނިންމަނީ

ރަސްމާލެއަކީ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ އޮތް އެންމެ ބޮޑު އިޖުތިމާއީ އިގުތިސާދީ މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހިންގޭ ބޮޑު މަޝްރޫއެވެ. އެ މަޝްރޫއުގެ ދަށުން ފުށިދިއްގަރު ފަޅުގައި 1،009 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކަންވަނީ ހަމަޖެހިފައެވެ.

މަޝްރޫއުގެ ދުވެލި ހަލުއިކުރުމަށް ކުރިން ބޭނުންކުރަމުން އައި ޑްރެޖަރުތަކުގެ އިތުރަށް ދުނިޔޭގެ އެންމެ ބޮޑު ހޮޕަރ ޑްރެޖަރު ކަމުގައިވާ "ކްރިސްޓޮބަލް ކޮލޮން" ގެނެސް މިހާރު އެ ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަަތް އަންނަނީ ހަލުއިކަމާއެކު ކުރިއަށްގެންދަމުންނެވެ.

މިހާތަނަށް ރަސްމާލޭ ސަރަހައްދުުން ހިއްކާ ބިމުގެ ތެރެއިން 215 ހެކްޓަރުގެ ބޮޑު ބިމެއްވަނީ ހިއްކަައި ނިމިފައެވެ. ސަރުކާރުގެ އަމާޒަަކީ އަންނަ އޭޕްރީލް މަހުގައި ހިއްކަން ނިންމާފަައިވާ ހުރިހާ ސަރަހައްދެއް ހިއްކައި ނިންމުމެވެ.

ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވީ މާޗު މަސް ނިމި އޭޕްރީލް މަހުގައި ހުރިހާ ސަރަހައްދެއް ހިއްކަައި، ޖުމްލަ 1009 ހެކްޓަރުގެ ބިން އެއްކޮށް ހިއްކަައި ނިންމައިލެވޭނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *