ޓެކްސީ ލައިންގެ ޚިދުމަތަށް ޑްރައިވަރުން ހޯދުމަށް އިންޓަވިއު ކުރަނީ

ޓެކްސީ ލައިންގެ ޚިދުމަތަށް ޑްރައިވަރުން ހޯދުމަށްޓަކައި އަންނަ ހޮނިހިރު ދުވަހު ވޯކް-އިން އިންޓވިއުތަކެއް ބާއްވާނޭކަމަށް އެމްޓީސީސީން އިން ބުނެފިއެވެ.

ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތް ދޭނީ އެމްޓީސީސީ އިންނެވެ. އެ ކުންފުނިން ރާވާފައިވަނީ ފުލް ޓައިމް އަދި ޕާޓް ޓައިމްކޮށް މަސައްކަތް ކުރާނޭ ޖުމްލަ 407 ޑްރައިވަރުން ހޯދުމަށެވެ. މީގެ ތެރޭގައި ހިމެނެނީ 122 ޕާޓް ޓައިމް ވަޒީފާއާއި 285 ފުލް ޓައިމް ވަޒިފާއެވެ.

ޑްރައިވަރުކަމުގެ ވަޒީފާއަށް އެދި ހުށަޅުމުގެ ފުރުސަތު 17 ޖަނަވަރީ 2026 އާ ހަމައަށް އޮންނާނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ވޯކް-އިން އިންޓަވިއުތައް ކުރިއަށްދާނީ ޖަނަވަރީ 17 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 6:00 ހަމައަށް މާފަންނު ބަސް ޓާމިނަލްގައެވެ. އިންޓަވިއުއަށް ދާއިރު، މުއްދަތު ހަމަނުވާ އައިޑީ ކާޑާއި ޑްރައިވިން ލައިސަންސް ގެންދަންޖެހެއެވެ. މި ވަޒިފާތަކަށް މީހުން ހޮވުމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޓެކްސީ ޑްރައިވަރުންގެ ރަޖިސްޓްރިގައި ކުރިންވެސް ހިމެނިފައިވާ ފަރާތްތަކަށް އިސްކަންދޭނޭކަމަށް އެމްއެމްޓީސީއިން ބުނެފައިވެއެވެ.

‎ސަރުކާރުން މި ޚިދުމަތް ތަޢާރަފްކުރަނީ އާންމުންނަށް ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، އިތުބާރު ހުރި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *