ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ރާއްޖޭން ފުޓްސަލް ތަށި އުފުލާލައިފި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ލީގު ބުރުގައި ރާއްޖޭން ކުޅުނު ފަހު މެޗުގައި މިއަދު ސްރީ ލަންކާވެސް ބަލިކޮށް، ސައްތައިން ސައްތަ ރެކޯޑަކާއެކު ތަށި އުފުލާލައިފިއެވެ.

ރާއްޖޭން މިއަދު ލަންކާ ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. ސާފުން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތް ރާއްޖޭން ކާމިޔާބުކުރީ މާ ބޮޑު ޗެލެންޖެއްވެސް ނެތިއެވެ. ހުރިހާ މެޗަކުން މޮޅުވި އިރު، ޕާކިސްތާން އަތުން 7-1 އިން މޮޅުވެ ރާއްޖެ ފެށީ ވަރުގަދަ ކޮށެވެ. ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 6-1 އިން މޮޅުވި އިރު، ތިން ވަނަ މެޗުގައި، 5-0 އިން ވާދަވެރި އިންޑިއާ ބަލިކޮށް، ރާއްޖެ ތަފާތު ދެއްކިއެވެ

އޭގެފަހުން ރާއްޖޭން ދެން ކުޅުނީ ބޫޓާނާއި ނޭޕާލެވެ. އެ ދެޓީމުންވެސް ރާއްޖެއާ ދެކޮޅަށް ނުކުތީ ޑިފެންސިވް ކުޅުމެއްގައެވެ. އެހެން ނަމަވެސް އެ ދެމެޗުވެސް ރާއްޖޭން ކާމިޔާބުކުރީ ޔަގީންކަމާއެކުގައެވެ. ނޭޕާލް އަތުން 2-1 އިން މޮޅުވި އިރު، ރާއްޖޭން ބޫޓާން ބަލިކުރީ 3-1 އިންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *