ބަންގިގޮވަންވާއިރަށް ނަމާދަށް ތައްޔާރުވެ ކުރާ ދުޢާ އިޖާބަ ކުރައްވަވާނެ!

އަހުރެމެންގެ ތެރެއިން މިސްކިތުގެ ޖަމާއަތަށްދާ ގިނަ މީހުންނަށްވެސް ނަމާދަށް ދެވެނީ ވަރަށް ލަހުންނެވެ. ގިނަ މީހުންނަށް ނަމާދަށް ދެވެނީ އިމާމް މީހާ ފުރަތަމަ ރަކްޢަތަށް ޙަރަމްބަންނަ ފަހުންނެވެ. އެއިރުން ގެއްލިގެން އެދަނީ ވަރަށް އަގުހުރި ފުރުޞަތެކެވެ.

ބަންގިއާއި ދެމެދުގެ ވަޤުތަކީ ދުޢާ އިޖާބަކުރައްވާ ވަޤުތެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.  "ބަންގިއާއި ޤަމަތާ ދެމެދު ކުރެވޭ ދުޢާ އިޖާބަނުކުރެއްވި ނުދެއެވެ."

އަބޫ އުމާމާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"ބަންގި ގޮވާ މީހާ ބަންގި ގޮވައިފިނަމަ، އުޑުގެ ދޮރުކޮޅުތައް ހުޅުވެއެވެ. އެހާރުން ދުޢާ އިޖާބަވެއެވެ."

މީސްތަކުންނޭވެ! ކުރަން ހުންނަ މަސައްކަތްތަކެއް ދުވަހަކުވެސް ނުނިމޭނެއެވެ. ވީމާ ކުރަން ހުންނަ މަސައްކަތްތައް ބަހައްޓާފައިވެސް ބަންގިގޮވަންވާއިރަށް މިސްކިތަށްދާށެވެ. ބަންގިނިމުމުން ދުޢާކިޔައި އަވަހަށް ސުންނަތް ނަމާދު ކޮށްލާށެވެ. ސުންނަތް ނަމާދުގައިވެސް އަދި ނަމާދު ނިމިގެންވެސް އެމީހަކު ބޭނުންވާ ކަންކަމަށް އެދިގެން ދުޢާކުރާށެވެ. އެއީ ދޫކޮށްލަން ހެޔޮވާނެ ފުރުޞަތެއް ނޫނެވެ.

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *