"ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ" އިފްތިތާހު ކޮށްފި

"ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖްޕޮލިސީ"ގެ ނަމުގައި ޤައުމީ ސިޔާސަތެއް އެކުލަވައިލައި އިފްތިތާހު ކޮށްފި އެވެ.

މިއީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައްކާތެރި ސާފު ފެން އަދި އެކަށީގެންވާ ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، މި ދާއިރާ ތަރައްޤީކޮށް ކުރިއަރުވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، އެކުލަވައިލި ސިޔާސަތެކެވެ. މި ސިޔާސަތު އިފްތިތާހުކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑްއެންވަޔަރަންމަންޓް، ޠާރިޤު އިބްރާހީމެވެ.

ގައުމީ ފެނާއި ނަރުދަމާގެ ސިޔާސަތަކީ ރާއްޖޭގެ ފެނުގެވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި،ފެނާއި ނަރުދަމާގެ ހިދުމަތްތައް މުޅި ރާއްޖޭގައިތަރައްގީކުރުމަށް މަގުދައްކައިދޭނެ އޮނިގަނޑެކެވެ.

މި ސިޔާސަތުގެ ދަށުން، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކުހިދުމަތް ފޯރުކޮށްދިނުމާއި، ގުދުރަތީ މީރުފެން ރައްކާތެރިކުރުމާއި، އައު އީޖާދުތަކާއި ޓެކްނޮލޮޖީބޭނުންކުރުމުގެ އިތުރުން، ދިރާސާކުރުމާއި، އިންސާނީވަސީލަތް ބިނާކުރުމާއި އަދި އާންމުން ހޭލުންތެރިކުރުން ފަދަމުހިންމު ދާއިރާތަކަށް ހާއްސަ އިސްކަމެއް ދެވިފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *