ޗެލްސީން ހަ ލަނޑުގެ ރުޅިގަނޑު ސައުތުހެމްޓަން އަށް.

ޕްރިމިއަރ ލީގު؛ ޗެލްސީ އެންމެ ފަހުން ކުޅުނު ދެމެޗުން ބަލި ވެފައި ވުމުން އޭގެ ރުޅިގަނޑު ސައުތުހެމްޓަން ބާލައިފިއެވެ. ސައުތުހެމްޓަން އައީ ދެކޮޅަށް ކުޅުނު މެޗުގައި 6-0 ގެ ނަތީޖާ އަކުން މޮޅުވުން ވެގެން މިދިޔައީ ކުރިއަށް އޮތް ރިއާލް މެޗައް ހިތްވަރު ހޯދުމެއް ކަމުގައެވެ. ސައުތުހެމްޓަން ދަނޑުގައި ކުޅުނު މެޗު ފުރަތަމަ މިނެޓުން ފެށިގެން ޗެލްސީ ދިޔައީ ވަރަށް އެޓޭކިން ގޭމެއް ކުޅެމުންނެވެ. އެގޮތުން 4 ވަނަ މިނެޓާއި 6 މިނެޓްގައި ފޮނުވާލި ދެ ހަމަލާއެއް ވަނީ ދަނޑި އާއި ހުރަސް ދަނޑިއަށް އަމާޒު ވެފައެވެ. އަދި 8 ވަނަ މިނެޓުގައި އޮލޮންސޯ ވަނީ ގޯލެއް ޖަހާ ލީޑު ނަގާފައެވެ. މިއީ މައުންޓް ތަނަވަސް ކޮށްދިން ފުރުސަތެކެވެ. އަދި މައުންޓް މެޗުގެ ދެ ވަނަ ގޯލު ސޯޅަ ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައެވެ. އަދި އެކާވީސް މެނެޓާއި އެއްތިރީސް ވަނަ މިނެޓުގައި ވާނާ އާއި ކައި އިތުރު ދެގޯލު ޖަގާ ފުރަތަމަ ނިމުމުގެ ކުރިން ހަތަރެއް ސުމަކަށް ނަތީޖާ ބަދަލު ކޮށްލިއެވެ. ދެވަނަ ހާފުގައި ކުޅެން ފެށިތާ ހަތަރު ވަނަ މިނެޓުގައި ވާނާ އިތުރު ގޯލެއް ޖެހާފައި ވަނިކޮށް 54 ވަނަ މިނެޓުގައި މައުންޓް ގެ ދެވަނަ ގޯލް ފެނިގެން ދިޔައެވެ. މި ތަފާތު ބޮޑު ނަތީޖާގެ ސަބަބުން ކުރިއަށް ޗެމްޕިއަންސް ލީގުގައި ރިއާލް އާއި ދެކޮޅަށް މިކުޅުން ތަކުރާރު ކުރުމަށް ހިތްވަރެއް ލިބިގެން ދާނެއެވެ. ކުޅުންތެރިންނާއި ސަޕޯޓަރުން ގަބޫލު ކުރާ ގޮތުގައި ޗެލްސީ އަށް އަދިވެސް ރިއާލް ބަލި ކޮށް ސެމީއަށް ދެވިދާނެވެ.

ޕްރެމިއަރ ލީގުގެ އެހެން ނަތީޖާ ތަކަށް ބަލާ އިރު ޔުނައިޓެއް އާއި އަސެނަލް ވަނީ ބަލިވެފައެވެ. އޭގެ ފައިދާ އެންމެ ބޮޑަށް ނެގި ޓީމަކީ ހަތަރެއް ސުމަކުން އެސްޓަންވިލާ ބަލި ކޮށް ގަދަ ހަތަރެއްގައި ފައި ހަރުކޮށްލި ޓޮޓެންހަމްއެވެ. ޔުނައިޓެޑް ބަލިވީ ރެލިގޭޝަނުން ސަލާމަތް ވުމަށް މަސައްކަތް ކުރާ އެވަޓަން އަތުން އެކެއް ސުމަކުންނެވެ. މިއީ ގޯޑޮން ކުރި ޝޮޓެއް ޑިފެންޑަރ މިގުއަރ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން 27 ވަނަ މެޓުގައި ވަތް ގޯލެކެވެ. އާސެނަލް 2 -1 ކުން ބްރައިޓަން އަތުން ބަލިވި އިރު ބްރައިޓަން އަށް ގޯލް ޖަހައިދިނީ ޓްރޮސާޑް އާއި އެމްވޭޕު އެވެ. އަދި އާސެނަލް ގެ ހަމަ އެކަނީ ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އޮޑެގާޑް އެވެ.

ލީގުގައި އެއްވަނަ، ދެވަނައިގައި ވާ ލިވަޕޫލާއި ސިޓީ ބައްދަލު ކުރާ މެޗު ވަރަށް ފޯރި ގަދަ ހަނގުރާމަ އަކަށް ވާއިތު ލެސިސްޓަރ ސިޓީ އާއި ކްރިސްޓަލް ޕެލަސް ބައްދަލު ކުރާ މެޗު ފޯރިގަދަ ވާނެއެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *