ކްރޫޒް ލައިން އޮޕަރޭޓުކުރާ އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމުގައިވާ ކިއުނާޑް ކުންފުނީގެ ކުއީން އޭން ކްރޫޒްލައިނާ ރާއްޖެއަށް މިއަދު އައިސްފިއެވެ.
ރާއްޖެއަށް މިއަދު އެ ކްރޫޒްލައިން އައިސްފައިވާއިރު އެ ބޯޓުގައި 2،669 ފަތުރުވެރިންނާއި 1،250 ފަޅުވެރިން ދަތުރުކޮށްފައިވެއެވެ. މި ކްރޫޒްލައިނާ ނިސްބަތްވާ ކުންފުނި ކަމުގައިވާ ކިއުނާޑް ކުންފުންޏަކީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް ކްރޫޒްލަައިންއެއް ގެނައި ކުންފުންޏެވެ.
ކުއީން އޭން ރާއްޖެއަށް ގެނައީ ސުޕަ ޔޮޓުފަހަރާއި ކްރޫޒްލައިންތައް ރާއްޖެ ގެނއުމުގެ މަސައްކަތްކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ)އިންނެވެ.
ކްރީން އޭން ރާއްޖެއަށް ކުރި ފުރަތަަމަ ދަތުރު ފާހަގަކުރުމަށް ހާއްސަ ހަފުލާއެއް ބާއްވާފައިވާއިރު، އެ ހަފުލާގައި މޯލްޑިވްސް އިމިގްރޭޝަން، މާޔާ އަދި މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން ވަނީ އެ ކްރޫޒްލައިނަށް ހަނދާނީ ފިލާއެއް ހަދިޔާކޮށްފައެވެ.
މި ހަފުލާގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑޤ އަހްމަދު ފސީހު ބައިވެރިވެވަޑައިގެންފައިވެއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި މި ކްރޫޒްލައިންގައި ދަތުރުކުރި 2،669 ފަތުރުވެރިންނާއި 1،250 ފަޅުވެރިންނަށް ކްލިއަރެންސްގެ ހިދުމަތް ފޯރުކޮށްދިނީ އިމިގްރޭޝަނުގެ ޓީމެއް ސޭޝެލްސްއަށް ގޮސް އެތަނުން ކްރޫޒްލައިނާ ގުޅުމަށްފަހުއެވެ.
