ރޯދަ މަހު، ސަރުކާރުގެ ރަސްމީ ގަޑިއަކީ، ހެނދުނު 9 އިން މެންދުރު 1

ރަމަޟާން މަހު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި އަކީ ކުރިއެކޭ ވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިއުލާނުކޮށްފިއެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ މި އަހަރުގެ ރަމަޟާން މަހުގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ވެސް މި ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މި ނިންމުމަކީ ކުރީގެ އަހަރުތަކުގައި ވެސް އަމަލުކުރަމުން އައި ގޮތާ އެއްގޮތަށް ކަނޑައެޅިފައިވާ ގަޑިތަކެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް  ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ހަމަޖައްސައި، އެކަމާބެހޭ ދެންނެވުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވަނީ 2022 ވަނަ އަހަރުގެ މާރިޗުމަހުގެ ހަ ވަނަ ދުވަހު ގައެވެ.

ރަމަޟާން މަހުގެ މަސައްކަތު ގަޑި ކުރުކުރުމުގެ މަގުސަދަކީ މުވައްޒަފުންނަށް ލުއިފަސޭހަކަން ހޯދައިދިނުމާއި، ދީނީ އަޅުކަންތަކުގައި އިތުރަށް ބައިވެރިވުމަށް ފުރުސަތު ދިނުންކަމަށް ވެސް ރައީސް އޮފީހުން ހާމަކުރެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *