ފިހުނު ކުކުޅު ގުޅަ

ފިހުނު ކުކުޅު ގުޅަ

މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ބާކީވާ ކުކުޅުމަސްކޮޅުން ހަދާލެވޭނެ މީރު ހެދިކާއެކެވެ. ބޭނުން ވައްތަރެއްގެ ސޯސް (ޓޮމާޓޯ، ޗިލީ ނުވަތަ މަޔޯނައިޒް ) އާއިއެކު ކާލަން މީރު ގުޅައެކެވެ.

ބޭނުންވާނެ ތަކެތި

1 1⁄2 ތަށި ކޮށާފައި ހުރި ކުކުޅު

3 ތަށި މެޝްޑް ޕޮޓޭޓޯ

ފާރޮށި ކުނޑި ނުވަތަ ޕާންކުނޑި

3 ތަށި ސްޓަފިންގް

ގިތެޔޮ މިރުސް،

ފިޔާ

ތައްޔާރުކުރާނެގޮތް

ބޮޑު ތަށިގަނޑެއްގައި ސްޓަފިންގް، މެޝްޑް ޕޮޓޭޓޯ، ކޮށާފައި ހުރި ކުކުޅު، ލޮނު، ފިޔާ އަދި ގިތެޔޮ މިރުސް އެއްކޮށްލާށެވެ. ހުރިހާ ބާވަތްތަކެއް ރަނގަޅަށް އެއްކޮށްލާށެވެ.

ޕާންކުނޑި ނުވަތަ ފާރޮށި ކުނޑި އަޅާފައި ގުޅަ އުފެދޭ ވަރަށް އެއްކުރާށެވެ.

އެއްކުރި ތަކެތިން ރީތިކޮށް ގުޅަ ހަދާށެވެ.

އަވަން 190 ޑިގްރީ ސެލްސިއަސް އަށް ހޫނުކުރާށެވެ.  ދެން 10-15 މިނެޓް ވަންދެން ނުވަތަ ބޭނުންވަރަކަށް ފިހެވެންދެން  ގުޅަތައް އަވަނުގައި ފިހެލާށެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *