މިއީ ރޯދަމަހު ރޯދަމަހު ތައްޔާރުކޮށްލަން ވަރަށް ރަނގަޅު ފޮނިއެއްޗެކެވެ. ތައްޔާރުކޮށްލަން އެހާމެ ފަސޭހަ މާގިނަ އެއްޗިހި ބޭނުން ނުވާނެ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި:
1 ޖޯޑު މުގުރާފައިވާ އޯރިއޯ ބިސްކޯދު
1 ޖޯޑް ގެރިކިރު
1 ޖޯޑު ސްޓްރޯބެރީ، ދޮވެ ސާފުކޮށްފައި
3/1 ޖޯޑް ބަޓަރު
2 ބިސް
ފެން
ލޮނު
ކާކުލަ
ހަދާނެ ގޮތް:
ފުރަތަމަ ކްރަސްޓް ތައްޔާރު ކުރާށެވެ. ކުރަސްޓް ތައްޔާރު ކުރުމަށްޓަކައި އޯރިއޯ ބިސްކޯދުތައް ބަޓަރުގައި ރަނގަޅަށް އެއް ކުރާށެވެ. ދެން ތަބަކަކަށް ލާ ރަނގަޅަށް ސެޓްކުރުމަށް ފުރިޖަށް ލާށެވެ. ސްޓްރޯބެރީތައް މިކްސަރަށް އަޅާ ހިމުންވަންދެން މުގުރާށެވެ. އިތުރަށް ހިމުންކުރުމަށްޓަކައި ފެންފޮދެއް އަޅާ މުގުރާށެވެ. އޭގެ ތެރެއަށް ބިހާއި ގެރިކިރު އަދި ލޮނުކޮޅެއް އަޅާފައި އަނެއްކާވެސް މުގުރާށެވެ. ކާކުލަ އަޅާ އަނެއްކާވެސް މުގުރާށެވެ. ބޮޑަށް ރަނގަޅީ ރަތްކުލަ ބޭނުންކުރުމެވެ. ދެން ފުރިޖަށްލީ ކުރަސްޓްގެ މައްޗަށް މުގުރި އެއްޗިހިތައް އަޅާށެވެ. އެއަށްފަހު އަވަނަށް ލާ 25 މިނިޓް ވަންދެން ފިހެލާށެވެ. އެންމެ ރަނގަޅީ 350 ޑިގްރީ ސެލްސިއެސްގައި ފިހުމެވެ.
