މިދުވަސްކޮޅު ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ކައިވެނީގެ ވާހަކައެވެ. އާއިލާގެ ފަރާތުން ހާމަކުރާގޮތުގައި އޭޕްރީލް 14 ވަނަ ދުވަހު އެމީހުންގެ ކައިވެނި އޮންނާނެއެވެ. އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ އާލިޔާބަޓްގެ ކައިވެނީގެ ހެދުމުގެ ގޮތުގައި ބޭނުންކުރަނީ އޭނާގެ މައިދައިތަ ނީޓޫ ކަޕޫރުގެ ކައިވެނީގައި ބޭނުންކުރި ހެދުމުގެ ކޮޕީއެއް ކަމަށެވެ. ބޮލީވުޑްގެ ފަންނާނުންނަށް ތާއީދުކުރާ އެންމެންހެން މިހާރު އަޑުއަހަން ބޭނުންވަނީ އެމީހުންގެ ކައިވެނީގެ ޚަބަރުތަކެވެ.
އާލިޔާ ބަޓް، ކަޕޫރު އާއިލާއާއި ގުޅޭއިރު އެ އާއިލާއަކީ ގެއަށް ގެންނަ ޅީ ދަރިފުޅަށް މައިދައިތަގެ ގަހަނާތައް ވާރުތަކުރާގޮތަށް އާދަކާދަތައް ހަމަޖައްސާފައިވާ އާއިލާއެކެވެ. ބެލެވޭގޮތުގައި އާލިޔާ ބަޓްއަށް ނީޓޫކަޕޫރުގެ ގަހަނާތައް ލިބޭނެއެވެ. ނީޓޫއަށް ވަނީ އޭނާގެ މައިދައިތަގެ ފަރާތުން ގަހަނާ ލިބިފައެވެ.
އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ކައިވެނީގެ ރަސްމިއްޔާތުބާއްވާ ގެކަމަށްވާ ވަޓްސޫހައުސް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ކައިވެނީގެ ހަފްލާގައި ބޭނުން ކުރަން ހަމަޖެހިފައިވަނީވެސް ރަންބީރު ކަޕޫރުގެ މަންމައާއި ބައްޕަވެސް ކައިވެނި ކުރި ގެއެވެ. ރިޝީކަޕޫރާއި ނީޓޫ ކަޕޫރަކީވެސް ކަޕޫރު އާއިލާގައި ފާހަގަކުރެވޭ ފަންނާނުންނެވެ.
