ގޯލްޑަން ކޭވްގެ ނަމުގައި އޭދަފުށީގައި ފިހާރައެއް ހުޅުވައިފި

ގޯލްޑަން ކޭވް ގެ ނަމުގައި ބ. އޭދަފުށީ ގައި މިރޭ 9:30 ފިހާރައެއް ހުޅުވައިފި އެވެ. މި ފިހާރަ ހުޅުއްވައި ދެއްވީ ބ. އޭދަފުށީގެ ކުޑަކަތީބު މަގާމް ވަރަށް ގިނަ ދުވަސްވަންދެން އަދާކުރައްވާފައިވާ، އޭދަފުށީ މީނާޒް އަލްފާޟިލް ޢަލީ އަބޫބަކުރެވެ. މި ފިހާރަ ހުންނަނީ، އެސްޓީއޯ އޭދަފުށީ ފިހާރައިގެ ކުރިމަތީ ކަންމަތީގައި ކުރިން ކަނޑިންމަ ފިހާރަ ހުރި ޢިމާރާތުގައެވެ.

މިއީ، ޢަބްދުﷲ ނަޞީރާއި ސާއިލާ ޢަބްދުއްރަޙްމާން އޭދަފުށީ ގައި ހުޅުވި 3 ވަނަ ފިހާރަ އެވެ. ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޢާއިލާގެ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވިއެވެ.

މި ފިހާރައިގައި މައިގަނޑު ގޮތެއްގައި ވިއްކަންހުރީ ރީތިވާ ސާމާނެވެ. ވަރަށް މަޝްހޫރު ބްރޭންޑް ތަކުގެ ވަރަށް އަގުބޮޑު ސެންޓް ވެސް މި ފިހާރައިން ލިބެން ހުރެ އެވެ. އަދި ލޯޝަނާއި ތަފާތު ވައްތަރު ވައްތަރުގެ އަގުބޮޑު ދަބަސް ވެސް މި ފިހާރައިން ލިބެން ހުރެ އެވެ.

މިއީ ހުރިހާ ޢުމުރެއްގެ މީހުންނަށް ޚާއްޞަކޮށް ޒުވާނުންނަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތެކެވެ. ރަށުގައި ތިބެގެން މަޝްހޫރު ބްރޭންޑް ތަކުގެ ސާމާނު ގަންނަން ލިބޭތީ އެވެ.

މީގެ ކުރިން ހުޅުވި ސްޓަރ ކޭވް ގައި މައިގަނޑު ގޮތެއްގައި ވިއްކަން ހުންނަނީ، ފޮއްޗާއި ފައިވާނެވެ. އަދި ނަލަދޮރާށީގެ ނަމުގައި ހުޅުވާފައި ހުރި ފިހާރައިގައި ވިއްކަން ހުންނަނީ، އަންނައުނާއި އެހެނިހެން ސާމާނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *