އޭދަފުށީގައި ފިއުލް ސްޓޭޝަން ޤާއިމްކޮށް ޚިދުމަތް ދޭން ފެށި ނަމަވެސް ދަތުރުތަކުގެ އަގުބޮޑު

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަ ކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ބ. އޭދަފުށީގައި ފިއުލް ސްޓޭޝަނެއް ޤާއިމްކޮށް އެތަނުން ޚިދުމަތް މިއަދު ދޭން ފެށި ނަމަވެސް އަދިވެސް މާލެ އަށް ކުރާ ދަތުރުތަކުގެ އަގެއް ހެވެއްނުވެއެވެ. ޢާއްމު ރައްޔިތަކަށް އެކަމުން ލުއި ފަސޭހައެއް ނުލިބުނެވެ. އިއްޔެ އާއި މިއަދާއި މާދަމާވެސް މާލެ އަށް ދަތުރުކުރާ ލޯންޗް ދަތުރުގެ ޓިކެޓް ވިއްކާފައިވަނީ 850 ރުފިޔާ އަށެވެ. ޢީދު ޗުއްޓީ ނިންމާފައި އެތައް ސަތޭކަ މީހުން ފުރައިގެން ދާން ޖެހުނީ ވެސް ބޮޑު އަގުގައި ޓިކެޓް ގަނެގެންނެވެ.

މި ސްޓޭޝަންތަކުގެ ސަބަބުން މަސްވެރިންނަށާއި އާންމު ދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނި ނަމަވެސް އަދިވެސް އެކަމަކަށް ހައްލެއް ނާދެ އެވެ. މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މާލެ- އޭދަފުށި، އޭދަފުށި މާލޭ ގެ ޓިކެޓްް ވިއްކަނީ 850 ރުފިޔާ އަށެވެ. މިމަހުގެ 16 ވަނަ ދުވަހު ތެޔޮ އަގުބޮޑު ކުރި ނަމަވެސް 17 ވަނަ ދުވަހުން ފެށިގެން ދަތުރުކުރާ އުނޅަދު ފަހަރަށް ހެޔޮއަގުގައި ތެޔޮ ލިބޭނެ ކަމަށް ސަރުކާރުންވަނީ އިޢުލާން ވެސް ކޮށްފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު، މަސްވެރިންގެ ފަރާތުން އެންމެ ބޮޑަށް ހުށަހެޅި އެއް ޝަކުވާއަކީ އަތޮޅުތެރެއިން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމެވެ. މިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ ފިއުލް ސްޓޭޝަންތަކެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 18 ފިއުލް ސްޓޭޝަނެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް އޭދަފުށީގެ އިތުރުން ރ. ދުވާފަރު، ހދ. ހަނިމާދޫ، އަދި ހއ. އިހަވަންދޫގައި ފިއުލް ސްޓޭޝަންތައް ނިންމައި ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މީގެ އިތުރުން ށ. މިލަންދޫގައި ޤާއިމްކުރާ ފިއުލް ސްޓޭޝަންގެ މަސައްކަތް ވެސް މިހާރު ވަނީ މުޅިން ނިމިފައެވެ. މިހާރު ކުރިއަށްދަނީ ފ. ނިލަންދޫގައި ޤާއިމްކުރާ ފިއުލް ސްޓޭޝަންގެ މަސައްކަތެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *