3،260 ފްލެޓު ލިބޭނީ އަމިއްލަ ބޯހިޔާވަހިކަން ނެތް މީހުންނަށް: މުއްޠަލިބް

ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫއުގެ ދަށުން އަޅާ 3،260 ލިބޭނީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ޝަރުތު ހަމަވާ މީހުންނަށް ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ 3،000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި އެޅުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން (ސީއެމްއީސީ)އާ ހަވާލުކުރި 1،224 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ ބޯހިޔާވަހިކަމެއް ނެތް ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށްކަމަށެވެ. ވަކިން ޚާއްސަގޮތެއްގައި ނިކަމެތި އަދި ދަތި ހާލުގައި އުޅޭ އާއިލާތަކަށް ޚާއްސަ އިސްކަމެއް ދެވޭ ގޮތަށް އެ ސިޔާސަތު ބައްޓަންކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ބޭންކުން މިހާރު އަޅަމުންދާ ތިން ކޮޓަރީގެ 3،260 ހައުސިން ޔުނިޓަކީ ސޯޝަލް ހައުސިން ޕްރޮގްރާމްގެ ތެރެއިން ރައްޔިތުންނަށް ދޫކުރެވޭ ޔުނިޓްތަކެއް ކަން ފާހަގަކުރައްވަމުން އާއިލީ ބޯހިޔާވަހިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 60،000 ރުފިޔާއިން ދަށުގެ އާމްދަނީ ލިބޭ ބޯހިޔާވަހިކަން އެންމެ ބޭނުން ފަރާތްތަކަށް މި ފްލެޓުތައް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ގައުމީ ބޭންކާ ހަވާލުކޮށްފައިވާ އަގުހެޔޮކޮށް އަޅާ ފްލެޓުތައް ނިންމަން ކަނޑައަޅާފައިވަނީ 2028 ވަނަ އަހަރުގެ މެދުތެރެއަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *