ކޮއްތު ރޮށި

ބޭނުންވާ ތަކެތި:

1 ގަނޑު ވަޅޯމަސް، ތުނިކޮށް ކޮށާފައި

1 ޖޯޑު ކެބެޖް، ތުނިކޮށް ކޮށާފައި

½ ޖޯޑު ކެރެޓް، ތުނިކޮށް ކޮށާފައި

1 ޓޮމާޓޯ، ތުނިކޮށް ކޮށާފައި

2 ފިޔާ، ތުނިކޮށް ކޮށާފައި

½ ގިތެޔޮ މިރުސް

2 ޖޯޑު ރޮށި، ކުދިކޮށް ކޮށާފައި

1 ސައިސަމުސާ ގާނާފައި ހުރި އިނގުރު

1 ސައިސަމުސާ ގާނާފައި ހުރި ލޮނުމެދު

5 ހިކި މިރުސް

2 މޭޒުމަތީ ސަމުސާ ތެޔޮ

5 ހިކަނދިފަތް

2/3 ޖޯޑު ފުލްކުރީމް މިލްކް

¼ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

½ ޖޯޑް ލޯޖެހި ހަވާދު

  1. ބިސް، ގިރާފައި

ހަދާނެ ގޮތް:

ތެއްޔަކަށް ތެޔޮ އެޅުމަށްފަހު ކޮށާފައިވާ ފިޔާ، އިނގުރު އަދި ލޮނުމެދުކޮޅު އަޅާ ރަތްކުރާށެވެ. ރަތްކުރާއިރު ހިކަނދިފަތް އަޅަންވާނެއެވެ. ދެން ރަނގަޅަށް ރަތްވުމުން ކެބެޖު، ކެރެޓު އަދި ޓޮމާޓޯ އަޅާ މަޑުކުރާށެވެ. ރަނގަޅަށް މަޑުވުމުން ލޯޖެހި ހަވާދު (ބޭނުންވާ ހަވާދެއް) އަޅާ ހަނާ ކޮށްލާށެވެ. ދެން ކޮށާފައިވާ ވަޅޯމަސްކޮޅު އަޅާށެވެ. އެއަށްފަހު ފުލްކްރީމް މިލްކް އަޅާ ރަނގަޅަށް ކައްކާލާށެވެ. ދެން ރޮށިކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ތެލީގައި ހުރި ސާމާނު އެއް ފަރާތަށް ޖައްސާލާފައި ހުސްވި ޖާގައަށް ބިސްކޮޅު އަޅާލާށެވެ. ބިސް ސެޓުވާން ފެށީމައި ދޭފަތުން ހާވާލާފައި އެހެން އެއްޗިއްސާ އެއްކޮށްލާށެވެ. ދެން ލޮނު ހެޔޮވަރުވާވަރަށް އަޅާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *