ސަރުކާރުގެ އިސް ތަރުޖަމާނުގެ މަޤާމަށް މުޙައްމަދު ޙުސައިން ޝަރީފް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް މިއަދު ޢައްޔަންކުރައްވައިފިއެވެ.

މީގެ ކުރިން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ. މީގެ އިތުރުން މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްމަންކަން 2005 ން 2007 ށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕަރސަންކަމުގެ މަޤާމު 2007 ން 2008 ށް ފުރުއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ.

ސަރުކާރުގެ ތަރުޖަމާނުގެ މަގާމުގައި މިހާތަނަށް ހުންނެވީ ހީނާ ވަލީދެވެ. އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ އިއްޔެ އައްޔަން ކުރެއްވުމާ އެކު، ވަނީ ސަރުކާރުގެ ތަރުޖަމާނުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ސަރުކާރުގެ ތަރުޖަމާނަކަށް މުންދު އައްޔަން ކުރެއްވިއިރު، ޔޫއޭއީގެ ސަފީރުގެ މަގާމުން މި މަހުގެ ހަ ވަނަ ދުވަހު އޭނާ ކުއްލި ގޮތަކަށް ވަނީ ވަކިކުރައްވައިފަ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *