ރާއްޖެއަށް އައުމަށް މިއަދު ޝެޑިއުލްކޮށްފައިވާ ގިނަ ފްލައިޓުތަކެއް ކެންސަލްވެއްޖެ

ރާއްޖެއަށް އައުމަށް މިއަދު ޝެޑިއުލްކޮށްފައިވާ ގިނަ ފްލައިޓުތަކެއް ކެންސަލްވެއްޖެ އެވެ.

ތަފާސްހިސާބުތަކާ އެކު އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ މުޙައްމަދު ފިރާޤު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެދުއިރުމަތީގެ ބޮޑެތި އެއާލައިންތަކުގެ ގިނަ ދަތުރުތަކެއް މިއަދު ވަނީ ކެންސަލްކޮށްފައި ކަމަށެވެ. މީގެ ތެރޭގައި އެމިރޭޓްސް، ފްލައި ދުބާއީ، ޤަތަރު އެއާވޭސް، އިއްތިހާދު އެއާވޭސް، ގަލްފް އެއާ އަދި އެއާ އެރޭބިއާ ހިމެނެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފްލައި ދުބާއީގެ ފަސް ދަތުރެއް، އެމިރޭޓްސްގެ ތިން ދަތުރެއް، އަދި ޤަތަރު އެއާވޭސްގެ ތިން ދަތުރެއް، އެއާ އެރޭބިއާ އާއި ގަލްފް އެއާގެ ދެ ދަތުރު އަދި އިއްތިހާދުގެ އެއް ދަތުރު ކެންސަލްވެފައި ވެއެވެ.

ފިރާޤު ފާހަގަކުރެއްވި ގޮތުގައި މި ކެންސަލޭޝަންތަކާއެކު ޖުމުލަ 4،000 އަށްވުރެ ގިނަ ޕަސިންޖަރުންގެ ދަތުރަށް ވަނީ ބުރޫއަރާފަ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *