މޯލްޑިވްސް ޕޯޓްސް ލިމިޓެޑް – އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، އަލްފާޟިލް ޙުސެއިން ޝަފީޤް އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީ.ސީ.ބީ) އިން މިއަދު ވަނީ މްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ދަފްތަރު ނަންބަރ ރސ 2861، އަލްފާޟިލް ޙުސެއިން ޝަފީޤް އައްޔަންކޮށްފައިވާކަން ހާމަކޮށްފައެވެ.
އޭނާ ވަނީ މާސްޓާ މެރިނާ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ (އަންލިމިޓެޑް) އަދި އެޑްވާންސްޑް ޑިޕްލޮމާ އިން މެރިޓައިމް ސައިންސް ހާސިލްކުރައްވައިފަ އެވެ.
ގިނަ އަހަރުތަކެއް ވަންދެން ބަލްކް ކެރިއާ އާއި ޖެނެރަލް ކާގޯ އަދި ހެވީ ލިފްޓް ކަހަލަ އެކި ބާވަތުގެ ބޮޑެތި އުޅަނދުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ. ކޮވިޑް-19ގެ ދުވަސްވަރު އެމްޓީސީސީގެ "މަހާޖައްރާފު"ގެ ފުރަތަމަ ދިވެހި ކެޕްޓަނެއްގެ ގޮތުގައި ހަތް މަސްދުވަހު އޭނާ މަސައްކަތް ކުރެއްވި އެވެ.
ކަނޑުދަތުރުފަތުރު މެނޭޖުކޮށްް ބެލެހެއްޓުމުގެ ދާއިރާއިން 35 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ޙުސެއިން ޝަފީޤަކީ ތަރުރިބާކާރު ކެޕްޓަނެކެވެ. މަހާޖައްރާފުގެ ފުރަތަމަ ދިވެހި ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޙުސެއިން ޝަފީޤު ކެޕްޓނެއްގެ ގޮތުގައި 10އަހަރު ވަނީ މަސައްކަތްކުރައްވާފައެވެ.
މާސްޓަރ މެރިނާ ނުވަތަ ކެޕްޓަނުކަމުގެ ސްރީލަންކާއިން ސަނަދު ހާސިލުކުރެއްވުމުގެ އިތުރަށްް އޭނާވާނީ މެރިޓައިމް ސައެންސްގެ ދާއިރާއިން މަތީތައުލީމު ހާސިލުކުރައްވާފައެވެ.
މީގެ އިތުރުން ނިޔަމިކަމުގެ ދާއިރާއާއި ކަނޑުއުޅަނދުތަކުގެ އޮޕަރޭޝަންތަކާ ގުޅޭ ތަފާތު ދާއިރާތަކުގެ އިތުރުން ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ މަތީ މިންގަނޑުތަކަށް އަމަލުކުރެއްވުމުގެ ތަޖުރިބާވެސް ޙުސެއިން ޝަފީޤު ވަނީ ހާސިލުކުރައްވާފަައިވެއެވެ.
