ހުޅުމާލެ ބޭރުގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ

ހުޅުމާލެ ބޭރުގައި އަޅާފައި އޮއްވާ ރޯވި ސަފާރި އަނދާ އަޅިއަށް ވެއްޖެއެވެ.

މިއީ މިއަދު ކަނޑުމަތީގައި ހިނގި ދެވަނަ އަލިފާނުގެ ހާދިސާއެވެ. މިއަދު ފުރަތަމަ ހާދިސާ ހިނގާފައި ވަނީ ގުޅީފަޅު ކައިރީގައި އޮތް ދޯންޏެއްގައެވެ. މިއަދު 13:30 ހާއިރު އެ ދޯނީގެ އިންޖީނު ރޫމްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 14:45 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެފައި ވެއެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި ފަސް މީހުން ތިބި ނަމަވެސް، އެ މީހުން ވަނީ އެހެން ދޯންޏަކަށް އަރައިފައެވެ.

އޭގެ ތިން ގަޑިއިރު ފަހުން އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައި ވަނީ ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް "އެމްޕެރަރ އެކްސްޕްލޯރަރ" ސަފާރީގައެވެ.

އެ ސަފާރީގައި ވަރަށް ބޮޑަށް ރޯވި އަނދަމުން ދިޔައިރު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނާއި މެރިން ފުލުހުންވެސް ދަނީ އެ ސަރަހައްްދުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ވިދާޅުވީ، ހުޅުމާލެ ފަޅު ބޭރުގައި އަޅާފައި އޮތް ސަފާރީ އެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދުގެ 16:55 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *