ބޭނުންވާ ތަކެތި:
40 އެމް.އެލް ކޮކަނަޓް ކުރީމް
150 އެމް.އެލް އަލަނާސި ޖޫސް
10 އެމް.އެލް ޝުގަރ ސިރަޕް
ތައްޔާރު ކުރާނެ ގޮތް:
ކޮކްނަޓް ކުރީމް، އަލަނާސި ޖޫސް އަދި ޝުގަރ ސިރަޕް ޝޭކަރަށް އަޅާށެވެ. ދެން ރަނގަޅަށް އެއްވާންދެން ހަލުވާލާށެވެ. އެއަށްފަހު ފުރޭންޏަކުން ފުރާނާ ރީތި ތަށްޓަކަށް އަޅާށެވެ. ހަރިކޭން ތައްޓަކީ ޖޫހުގެ ރީތިކަން ފެންނާނެ ތައްޓެކެވެ. (ފޮޓޯގައި ވާ) ގާނިޝް ކޮށްލުމަށްޓަކައި އަލަނާސި ފޮއްޗެއް ޖަހާށެވެ.
