އީދު ކުޅިވަރުތަކުން ރާއްޖެ އިޝްތިހާރުކުރަނީ

ރާއްޖޭގެ އީދު ފޯރިއާއި ސަގާފީ ހަރަކާތްތައް ބައިނަލްއަގުވާމީ ފެންވަރުގައި އިޝްތިހާރު ކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) އިން ތައްޔާރުވެއްޖެ އެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ އަންނަ އަންގާރަދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އީދު ކުޅިވަރުތަކުގެ މަންޒަރުތައް ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ގެނެސްދޭނެ ކަމަށެވެ.

އީދު ކުޅިވަރުތައް އިޝްތިހާރުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްގެ ޓީމެއް ރ. މީދޫގައި ހަރަކާތްތެރިވާނެކަމަށް އެކުންފުނިން ބުންޏެވެ. މި ހަރަކާތަކީ ރާއްޖެއަކީ ހަމައެކަނި މަތީ ފަންތީގެ ފަތުރުވެރިކަމަށް މަޝްހޫރު ތަނެއްގެ އިތުރުން، މުއްސަނދި ސަގާފަތެއް އޮތް ގައުމެއްކަން ދުނިޔެއަށް ދައްކާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި، ރަށުގެ އިޖުތިމާއީ ގުޅުމާއި، ޒަމާނުއްސުރެ ދެމެހެއްޓެމުން އަންނަ ސަގާފީ އާދަކާދަތައް ދައްކާލާނެ އެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މި ހަރަކާތަށްފަހު، މީދޫގެ އީދު ހަރަކާތްތަކުގެ މައްޗަށް ތައްޔާރުކުރެވޭ ވީޑިއޯތަކާއި އިންޓަވިއުތައް އަންނަ މަހުން ފެށިގެން ވިޒިޓް މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ފެންނަން ހުންނާނެކަމަށެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މިއީ ރާއްޖޭގެ ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއްކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *