ޗެމްޕިއަންސްލީގު؛ މުބާރާތުގެ ކުއާޓަރ ފައިނަލް ދެވަނަ ލެގުގައި ބަޔާން އާއި ވިލަރެއާލް ބައްދަލު ކުރި މެޗު 1-1 އެއްވަރު ވެ އެގްރިގޭޓް ނަތިޖާއިން 2-1 ކުން ކުރި ލިބިގެން ވިލަރެއާލް ސެމީއަށް ދަތުރު ކޮށްފިއެވެ. ފުރަތަމަ ލެގުގައި 1-0 ކުން ވިލަރެއާލް މޮޅުވެފައި ވުމާއި އެކު ބަޔާން އަށް މޮޅުވާން މަޖުބޫރު މި މިމެޗުގައި ލެވަޑޮންސްކީ ލީޑު ނަގާފައި ވީނަމަވެސް ސެމުއެލް 88 ވަނަ މިނެޓުގައި ޖެހި ގޯލުން މެޗު އެއްވަރު ވުމުން މި މުބާރާތުގެ ސެމީން ޖާގަ ހޯދިއެވެ.
ޗެލްސީއާއި މެޑްރިޑް ބައްދަލު ކުރިމެޗުން 3-2 ކުން މޮޅުވި ނަމަވެސް 5-4 ގެ އެގްރިގޭޓުން ކުރި ލިބިގެން މެޑްރިޑް ވަނީ ސެމީއަށް ދަތުރު ކޮށްފައެވެ. ޗެލްސީން މެޑްރިޑް ކޮޅަށް 3 ގޯލް ޖަހައި ކުރި ހޯދުން ވެގެން ދިޔައީ ޗެލްސީ ރިއާލް ހާސްކޮށްލި ކަމަކަށެވެ.
