ހިތަދޫ ބައި-އިލެކްޝަން ޞާދިޤު ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ޞާދިޤު (ސޯބެ) ކާމިޔާބުކުރައްވައިފިއެވެ.

އީސީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސޯބެ ވަނީ އިންތިހާބުގައި 1،375 ވޯޓު ހޯއްދަވައިފައެވެ. ސޯބެ އާ ވާދަ ކުރެއްވި ސޮޑާއަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި 62 ވޯޓުގެ ތަފާތު ހުއްޓެވެ.

ޖުމްލަ ނަތީޖާއިން ސޯބެ އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް އެ ބައި އިލެކްޝަންގައި ބެހެއްޓި ހަތް ފޮށީގެ ތެރެއިން ހަތަރު ފޮށިން ކުރި ހޯއްދެވީ ސޮޑާ އެވެ. ނަމަވެސް މާލޭގައި ބެހެއްޓި ފޮށިތަކުން ކުރި ހޯއްދެވީ ސޯބެ އެވެ.

އެ ދާއިރާ އަށް ވޯޓުލުމުގެ ހައްގު 4،121 މީހުންނަށް ލިބިފައިވެ އެވެ. އެއީ 2،073 އަންހެނުންނާއި 2،048 ފިރިހެނުންނަށެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އެ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ. އެއީ އެ ދާއިރާގެ މެންބަރުކަމުގައި އޭރު ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ދާއިރާގެ ގޮނޑީ ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *