ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މިއަދު ކެލިފޯނިއާގެ ސޯފީ ސްޓޭޑިއަމްގައި ކުޅުނުމެޗް އެމެރިކާ އިން ފަސޭހަކަމާއެކު ޕެރެގުއޭ މިއަދު ބަލިކޮށްފިއެވެ. މި މެޗު އެ ޓީމު ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ.
އެންމެ ފުރަތަމަ ލީޑްނެގީ އެމެރިކާއިންނެވެ، އެއީ މެޗްގެ 7 ވަނަ ހަތް މިނެޓުގެ ތެރޭގައެވެ. އެއީ، އެމެރިކާގެ ވެސްޓަން މެކެނީ ގޯލް ކުރިމައްޗަށް ހުރަސްކޮށްލިބޯޅަ ޕެރަގުއޭގެ ކެޕްޓަން ޑޭމިއަން ބޮބަޑިލާ އަތުން ބައިކޮޅަށް ވަތް ލަނޑެެކެވެ.
މިއަދުގެ މެޗް ކޮންޓްރޯލްކުރީ އެމެރިާައިންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި ބަލޮގަން ޖަހައިދިން ލަނޑަކުން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، 43 ވަނަ މިނެޓުގައި ބަލޯގަން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، 0-3 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ.
މެޗުގެ ދެވަނަ ހާފުގައި 64 ވަނަ މިނެޓުގައި ޕެރަގުއޭއިން ލަނޑެއް ޖެހިއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މައުރީސިއޯއެވެ. އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި އެމެރިކާގެ ހަތަރުވަނަ ލަނޑު ފެނިގެންދިޔައެވެ. މިލަންޑު އެމެރިކާއަށް ކާމިޔާބުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖިއޮވާނީ ރޭނާ އެވެ. މި ގްރޫޕުގައި އެމެރިކާ ދެން ނިކުންނާނީ އޮސްޓްރޭލިއާ ދެކޮޅަށެވެ. އޮސްޓްރޭލިއާ ބައްދަލުކުރާނީ ތުރުކީއާ ދެކޮޅަށެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ކެނެޑާ އާއި ބޮސްނިޔާ ހަރްޒެގޮވީނާ މެޗް ނިމުނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެގެންނެވެ.
މިރޭ 12 ޖަހާއިރު ކުޅޭނީ ޤަތަރާއި ސްވިޒަރލޭންޑެވެ. ދަންވަރު 3 ޖަހާއިރު ކުޅޭނީ ބްރެޒިލް އާއި މޮރޮކޯ އެވެ.
