ނެދަލޭންޑްސް ކަޓުވާލުމަށްފަހު މޮރޮކޯ ގަދަ 16އަށް

ފީފާ ވޯލްޑް ކަޕުގެ ގަދަ 32ގައި ނެދަލޭންޑްސްއާއި މޮރޮކޯ ބައްދަލުކުރި މެޗު މޮރޮކޯއިން ކާމިޔާބުކޮށް ގަދަ 16އަށް ދަތުރުކޮށްފިއެވެ. މެޗުގައި ނަތީޖާ ނެރެން ޖެހުނީ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1އިން އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެންނެވެ.

މެޗުގައި ގިނަ ވަޤުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ވެސް މޮރޮކޯއިންނެވެ. އަދި ނެދަލޭންޑްސް ކޮޅަށް ނުރައްކާތެރި ޙަމަލާތަކެއް ވެސް ވަނީ މޮރޮކޯއިން އުފައްދައިފައެވެ. މެޗުގެ އެންމެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ނެދަލޭންޑްސްއިންނެވެ. ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމުންކުރެ އެއްވެސް ޓިމަކަށް ލަނޑެއް ނުޖެހި އޮވެ، ދެވަނަ ހާފުގައި ނެދަލޭންޑްސްއިން ލީޑު ނެގީ 72ވަނަ މިނެޓުގައި ގަކްޕޯ ކާމިޔާބުކުރި ލަނޑަކުންނެވެ.

އެންމެ ފަހު ވަޤުތާ ޖެހެންދެން ވެސް މޮރޮކޯ ކުރި ހިތްވަރުން މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ ދެއްކި އިތުރު ވަޤުތުގެ ތެރޭގައި 1-1އަށް ނަތީޖާ ބަދަލުކޮށްލީ އީސާ ޑިއޯޕް މޮރޮކޯއަށް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ނަތީާގައި 15 މިނެޓުގެ އިތުރު ދެ ހާފު ކުޅެ ގޮތެއް ނުނިމުމުން ޕެނަލްޓީ ޖަހައިގެން 3-2އިން މޮރޮކޯ މިވަނީ ނެދަލޭންޑްސްގެ މައްޗަށް ކުރި ހޯދައި، މުބާރާތުގެ ގަދަ 16އަށް ދަތުރުކޮށްފައެވެ.

ގަދަ 16ގައި މޮރޮކޯ ނުކުންނާނީ ކެނަޑާއާ ދެކޮޅަށެވެ.

ނެދަލޭންޑްސް ވަނީ މިހާތަނަށް 3 ވޯލްޑް ކަޕެއްގެ ފައިނަލުގައި ކުޅެފައެވެ. ނަމަވެސް މީގެން ކޮންމެ ފަހަރަކު ވެސް ފައިނަލުން ކުރިމަތިލާންޖެހިފައި އޮތީ ނާކާމިޔާބީއާއެވެ. އެގޮތުން 1974ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ނެދަލޭންޑްސް ބަލިވީ ޖަރުމަނު އަތުންނެވެ. އެއަށްފަހު 1978ގައި އާޖެންޓީނާއާ ފައިނަލުގައި ބައްދަލުކޮށް ވަނީ ނެދަލޭންޑްސް ބަލިވެފައެވެ. އެންމެފަހުން ނެދަލޭންޑްސް ފައިނަލުގައި ކުޅުނީ 2010ގައެވެ. އެ މެޗުގެ އެންމެ ފަހު ވަޤުތު ސްޕެއިން ޖެހި ލަނޑާއެކު ނެދަލޭންޑްސްއިން މުބާރާތް ނިންމާލަށްޖެހުނީ ތިންވަނަ ފަހަރަށް ރަނަރަޕްގެ މަޤާމު ހޯދައިގެންނެވެ.

އޭގެފަހުން 2014ވަނަ އަހަރު ވެސް 2022ވަނަ އަހަރު ވެސް ވަނީ ވޯލްޑް ކަޕުގައި ކުޅެފައެވެ. 2022ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ނެދަލޭންޑްސް ކެޓީ ކުއާޓާ ފައިނަލުގައި އާޖެންޓިނާއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *