އިސްލާމީ އަންހެން ޝަހްސިއްޔަތު ޑރ. ހައްވާ އަބްދީ

ޑރ. ހައްވާ އަބްދީ އަކީ އޭނާގެ މުޅި ހަޔާތް ނިކަމެތިންނަށާއި، އަންެހެނުންނަށާއި ހަނގުރާމާގައި އަނިޔާ ލިބެމުންދިޔަ މީހުންނަށް އެހީތެރިވުމުގައި ހޭދަކޮށްލެވި އިސްލާމީ އަންހެން ޝަޚުޞިއްޔަތެވެ. އޭނާއަކީ ސޯމާލިޔާގެ މީހުންނަށް ރަނގަޅު ތަޢުލީމް ދިނުމަށާއި އެމީހުންނަށް ފުރިހަމަ ސިއްޙަތެއް ހޯދާ ދިނުމަށާއި އަދި ބޯ ހިޔާވަހިކަން ހޯދާ ދިނުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރެއްވި ބޭކަނބަލެކެވެ.

ޑރ. ހައްވާ އަބްދީ އުފަންވެވަޑައިގަތީ ސޯމާލިޔާގެ ވެރިރަށް ކަމުގައިވާ މޮގާޑީޝޫ އަށެވެ. އޭނާގެ އުމުރުން އެންމެ ބާރަ އަހަރުގައި ގޭތެރެ ބެލެއެއްޓުމުގެ ހުރިހާ ޒިންމާއެއް އަދާކުރަން ޖެހިވަޑައިގަތެވެ. ހަގަށް ތިއްބެވި އަންހެން ކޮއްކޮމެން ބަލަހައްޓަވަމުން މޮގާޑީޝޫގައި ޕްރައިމަރީ ތަޢުލީމާއި ސާނަވީ ތަޢުލީން ޙާޞިލް ކުރެއްވިއެވެ. 1964 ވަނައަހަރު އޭރުގެ ސޯވިއެޓް ޔޫނިއަން އަދި މިހާރުގެ ރަޝިޔާއިން ވިމެން ކޮމިޓީ އޮފް ދަ ސޯވިއެޓް ޔޫނިއަންގެ ފަރާތުން ހުށަހެޅުއްވި ސްކޮލަރޝިޕެއް ބޭނުންކުރަށްވާ ބޭސްވެރިކަމުގެ ދާއިރާއިން ތަޢުލީމް ޙާޞިލް ކުރެއްވިއެވެ. 1971 ވަނައަހަރު ކިއޭވްގެ މެޑިކަލް އިންސްޓިޓިއުޝަނުން މެޑިސިން އިން ގުރެޖުއޭޓް ވެވަޑައިގެންނެވިއެވެ. އޭގެ ޖެހިގެން އައި އަހަރު ސޯމާލިޔާގެ ނެޝަނަލް ޔުނިވަރސިޓީއިން ގާނޫނީ ދާއިރާއިން ގުރެޖުއޭޓް ވެވަޑައިގަތެވެ. ރަސްމީގަޑީގައި ޑޮކްޓަރެއްގެ ވަޒީފާ އަދާކުރެއްވުމަށްފަހު ރޭގަނޑު ގަޑީގައި ކިޔަވާވިދާޅުވެ ގާނޫނީ ދާއިރާއިން 1979 ވަނައަހަރު ގުރެޖުއޭޓްވެ ވަޑައިގަތެވެ.

އުމުރުފުޅުން ބާރަ އަހަރުގައި ޑރ. ހައްވާ އަބްދީ އުމުރުން ވަރަށް ދޮށީ މީހެއްކަމަށްވާ ޕޮލިސް އޮފިސަރަކާ ކައިވެނިކުރަން މަޖުބޫރު ވެވަޑައިގަތެވެ. ސޯމާލިޔާގައި ފޯސްޑް މެރިޖް ނުވަތަ މަޖުބޫރުން ޅަ އަންހެން ކުދިން ކައިވެނި ކުރުމުގެ ސަގާފަތެއް އޮވެއެވެ. އެ ކައިވެންޏަށް ކުއްޖަކުވެސް ލިބިވަޑައިގަތްފަހުން އެ ކައިވެނި ނިމުމަކަށް އައެވެ. ރަޝިޔާގެ މޮސްކޯގައި ކިޔަވާ ވިދާޅުވިއިރު އަދި ފަހުން ކިއޭވްގައި އުޅުއްވި އިރު އޭރު އެތަނުގައި ތައުލީމް ޙާޞިލް ކުރަމުން ދިޔަ އެޑެން މުޙައްމަދާއި ބައްދަލުވެ ވަޑައިގެން 1973 ގައި ދެވަނަ ކައިވެންޏެއް ކުރައްވާ ތިން ބޭފުޅުން ލިބިވަޑައިގަތެވެ.  އޭގެ ތެރެއިން ދެބެން ކަމުގައިވާ ޑިއޭގޯ އާއި އާމިނާ އަކީވެސް ފިޒިޝަނުންނެވެ.

 

ޑރ. ހައްވާ އަބްދީ އޭނާގެ ދެ ބޭފުޅުންކަމުގައިވާ ޑިއޭގޯ އާއި އާމިނާ އާއެކު…

ސޯމާލިޔާގެ ރައްޔިތުންގެ ހިތްތަކުގައި "ހައްވާ މަންމަ" ގެ ނަމުން މަޝްހޫރުވެފައިވާ ޑރ. ހައްވާ އަބްދީގެ ޚިދުމަތްތައް ސޯމާލިޔާގައި އެކި ގޮތްގޮތަށް ފާހަގަ ކުރެއެވެ. އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރޮނގުންނެވެ. އެ ޤައުމުގައި އެންމެފުރަތަމަ އަންހެނުންގެ ޑޮކްޓަރަކަށް ވީތީއެވެ. ސޯމާލިޔާގައި އުފެދުނު އެންމެ ފުރަތަމަ ގާނޫނީ ވަކީލެއްގެ ގޮތުންނެވެ. 400 އެނދުގެ ހޮސްޕިޓަލެއް އަޅައިދީ ހިލޭސާބަހަށް ޚިދުމަތް ދެއްވުމުންނެވެ. ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލުތައް ބިނާ ކޮށްދެއްވީތީއެވެ. ޒަމާނީ ޢަދުލުއިންސާފުގެ ނިޒާމެއް ޤާއިމުކުރެއްވުމުންނެވެ.

އޭނާ ވަނީ 1983 އަހަރު އޭނާގެ އަމިއްލަ ބިމެއްގައި ރޫރަލް ހެލްތް ޑިވިލޮޕްމަންޓް އޯގަނައިޒޭޝަންގެ ފަރާތުން އަންހެނުން ދަރިމައިވުމާއި ވިހެއުމާއި ގުޅިގެން ދެވޭ ފަރުވާތަކަށް ކުލިނިކެއް ހައްދަވާފައެވެ. ހައްވާ އަބްދީގެ ފައުންޑޭޝަން އުފައްދަވައި އެފައުންޑޭޝަންގައިި 102 މުވައްޒަފުންނާއި 150 މެންބަރުންގެ ޓީމެއް އެކުލަވާލެއްވިއެވެ. އޭގެތެރޭގައި މަސްވެރިންނާއި ދަނޑުވެރިންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ މީހުން މަސައްކަތްކުރިއެވެ. އޭނާގެ ދެކުދިން ކަމުގައިވާ ޑިއޭގޯ އާއި އާމިނާވެސް އޭނާއާއި އެކު މަސައްކަތް ކުރިއެވެ.

ޑރ. ހައްވާ އަބްދީވަނީ 2012 ވަނަ އަހަރު ނޮބެލް ޕީސް ޕްރައިޒް އަށް ނޮމިނޭޓް ވެ ވަޑައިގެންފައެވެ. 2010 ވަނައަހަރު ގްލޭމަރ މެގަޒިންގެ ވިމެން އޮފް ދަ އިޔަރ އަދި ސޯޝަލް ހިޔުމެނިޓޭރިއަން އެވޯޑްވެސް ލިބިވަޑައިގެންފައެވެ. އަދި މިނޫނަސް ބައިވަރު އެތައް އެވޯޑްތަކެއް ލިބިވަޑައިގަތެވެ. އަވަހާރަވީ 5 އޯގަސްޓް 2005 ވަނަ އަހަރު އުމުރުފުޅުން 73 އަހަރުގައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *