އިނގިރޭސި އެފްއޭ ކަޕް؛ މުބާރާތުގެ ސެމީ ފައިނަލުގައި ސިޓީ އާއި ލިވަޕޫލް ބައްދަލު ކުރި ފޯރިގަދަ މެޗު 3-2 ކުން ކާމިޔާބު ކުރީ ލިވަޕޫލް އެވެ. އިނގިރޭސި ގައުމީޓީމު ދަނޑު ވެމްބްލީ ގައި ކުޅުނު މެޗުގައި ލިވަޕޫލުން ތިނެއް- ސުމެއްގެ ލީޑެއް ނެގިއެވެ. ފުރަތަމަ ހާފުގައި ކޮނާޓޭ ގޯލާއި އެކު މާނޭގެ ދެގޯލުން ބޮޑު ތަފާތަކުން މެޗުން ފަސޭހަ ވާނެކަމަށް ބެލެވުނު ނަމަވެސް މެޗުގެ ފަހު 15 މިނެޓުގައި ސިޓީގެ ކުޅުނު ކުޅުމުން އެއްވަރު ކުރުމާއި ގާތަށް ދިޔައެވެ. ގްރީލިޝް އަދި ބަނާޑޯ ސިލްވާ ގޯލް ތަކުން ޖަތީޖާ ފަރަގު ކުޑަ ކުރިއެވެ.
ފައިނަލުގައި ބައްދަލު ކުރާ ޓީމެއް ކަނޑަ އެޅޭނީ ސެމީ ފައިނަލުގައި ޗެލްސީ އާއި ކްރިސްޓަލް ޕެލަސް އާދީއްތަ ދުވަހުގެ ރޭ ބައްލަދު ކުރާ މެޗުންނެވެ. މެޗުފަށާނީ ރާއްޖެ ގަޑިން ރޭގަނޑު އަށްގަޑި ބައިގައެވެ.
