އަންހެން ރާޒުވާ ޓީމަށް ރަން މެޑަލް

އުޒްބަކިސްތާނުގައި ކުރިއަށްދާ 46 ވަނަ ޗެސް އޮލިމްޕިއާޑުގައި ވާދަކުރަމުންދާ ޤައުމީ އަންހެން ރާޒުވާ ޓީމު ރަން މެޑައްޔެއް ހޯދައިފިއެވެ.

ދުނިޔޭގެ ބާއްވާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ޓީމު މުބާރާތްކަމަށްވާ ޗެސް އޮލިމްޕިއާޑުން ރާއްޖޭގެ ޤައުމީ އަންހެން ޓީމު ރަން މެޑަލް ހޯދާފައިވަނީ "އީ" ކެޓަގަރީގައި ވާދަކޮށްގެންނެވެ. މި ކެޓަގަރީގައި 37 ޤައުމަކުން ވާދަކޮށްފަވާއިރު، ރާއްޖޭން މިމުބާރާތުގައި ވާދަކޮށްފަވާ ޤައުމުތަކުގެ ތެރޭގައި މިސްރު، ޖަޕާން، ކޮންގޯ، ކޮސޯވޯ، އުރުގުއޭ އަދި ހޮންޑިއުރާސް ހިމެނެއެވެ.

މިމުބާރާތުގައި ވާދަކުރަމުންދާ ޤައުމީ އެތުލީޓުން މޮޅު ކުޅުމެއް ދައްކަމުންދާއިރު، މުބާރާތުގެ ތެރެއިން ރާއްޖޭގެ އެއްވަނަ ރާޒުވާ ކުޅުންތެރިޔާ މުޙައްމަދު ޝުޢާއުވަނީ ޗެސް ގްރޭންޑްމާސްޓަރެއްކަމަށްވާ މޮނާކޯގެ އިގޯ އެފިމޮވް ބަލިކޮށް ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ.

މީގެ އިތުރުން ޤައުމީ އަންހެން ޓީމުގެ އުންމީދީ އެތުލީޓު، މަރްޔަމް ލައިސާ ޢަބްދުއްރަޝީދުވަނީ ވުމަން ކެނޑިޑޭޓް މާސްޓާ (ޑަބްލިއުސީއެމް) ޓައިޓްލް މިމުބާރާތުގެ ތެރެއިން ހޯދާފައެވެ. މި ލަޤަބީ ފިޑޭ ރޭޓިން 2000 އަށް އެރުމުން ލިބޭ ލަޤަބެކެވެ.

މިމަހުގެ 15 އިން 28 އަށް އުޒްބެކިސްތާނުގެ ސިލްކް ރޯޑް ސަމަރކަންޑް ކޮމްޕްލެކްސްގައި ކުރިއަށްދާ މިމުބާރާތުގައި ވާދަކުރަމުންދާ ޤައުމީ ސްކޮޑުގައި 10 ކުޅުންތެރިން ހިމެނެއެވެ. އެއީ މުހައްމަދު ޝުޢާއު، މުހައްމަދު ހަސަން، ޢަބްދުއްރަހްމާން ޢަލީ، މުހައްމަދު ރާކިން ފަޔާޒް، އަހްމަދު އަބޫބަކުރު، ނިހާޔާ އަހްމަދު، އީނާ ޢަބްދުﷲ ހަސަން، މަރްޔަމް ލައިސާ ޢަބްދުއްރަޝީދް، ޢާއިޝަތު އަލްޔާ މުހައްމަދު ޝަރީފްގެ އިތުރުން ޢާއިޝަތު ނޯޔާ ޝަހުރުއްދީން އަފީފެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *