އިނގިރޭސި އެފްއޭ ކަޕް؛ ސިޓީއަތުން މޮޅުވެ ފައިނަލަށް ދިޔަ ލިވަޕޫލް އާއި ފައިނަލުގައި ބައްދަލު ކުރާނެ ޓިމަކީ ޗެލްސީ އެވެ. ވެމްބްލީ ގައި ކުޅުނު ސެމީ ފައިނަލް މެޗުގައި ޗެލްސީން، ކްރިސްޓަލް ޕެލަސް ބަލިކުރީ ދޭއް- ސުމެއްގެ ނަތީޖާ އިންނެވެ. ފުރަތަމަ ހާފުގައި ކްރިސްޓަލް ޕެލަސް ކުޅުނު ޑިފެންސިވް ގޭމް ގެ ސަބަބުން ޗެލްސީ އަށް ވެސް ނުރައްކާ ހަމަލަ ތަކެއް އުފެއްދިފައެއް ނުވެއެވެ، ނަމަވެސް ދަވަނަ ހާފުގައި ހަމާތައް ގިނަކޮށް ގިނަ ފުރުސަތެއް ހޯދަމުން ދިއުމުގެ ނަތީޖާ އަކަށް ވީ 65 މިނެޓުގައި ރުބެން ލޮފްޓަސްޗީކް ގެ ލަނޑުން މެޗުގެ ލީޑު ނެގުމެވެ. އަދި 76 ވަނަ މިނެޓުގައި ވާރނާ ތަނަވަސް ކޮށްދިން ފުރުސަތަކުން މައުންޓު ޖެހި ގޯލުން ޗެލްސީ ފައިނަލަށް ގެންގޮސް ދިނެވެ. މިލަނޑުގެ ފަހުންވެސް ޗެލްސީ އަށް ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރު ވި އިރު ލުކާކޫ ފޮނުވާލި ހަމަލާ ގޯލު ގަނޑިއަށް އަމާޒު ވިއެވެ. މިއާ އެކު ޗެލްސީ ވާނީ ޖެހިޖެހިގެން 3 އަހަރު އެފްއޭ ކަޕް ފައިނަލަށް ދަތުރު ކޮށްފައެވެ.
