ގެރިކިރު ބޯކިބާ

ބޭނުންވާ ތަކެތި:

1 ދަޅު ގެރި ކިރު

4 ބިސް

¾ ޖޯޑު ފުށް

½ 1 ސައިސަމުސާ ބޭކިންގް ޕައުޑަރު

¼ ޖޯޑު އަދި 1 ސައިސަމުސަލުގެ ބަޓަރު

1 ސައިސަމުސާ ވެނީލާ އެސެންސް

 

ހަދާނެ ގޮތް:

ބޯކިބާ ފިހަން ބޭނުން ކުރާނެ ތަބަކުގައި ސައިސަމުސަލެއްގެ ބަޓަރު އުނގުޅާލާށެވެ. ފުލުގައާއި އަރިމަތި ތަކުގައެވެ. ޖޯޑު ބަޓަރާއި ބިސް ބޯތަށްޓެއްގައި ރަނގަޅަށް އެއްކުރާށެވެ. ދެން ގެރި ކިރު އަޅާފައި އެއްކޮށްލުމަށްފަހު ފުށާއި ބޭކިންގް ޕައުޑަރު އަޅާފައި އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އެއްކުރާށެވެ. ތައްޔާރުކުރި ތަބަކަށް އެއްކުރި އެއްޗިހި އަޅާފައި އަވަނަށް ލާށެވެ. އަވަނަށް ލުމުގެ ކުރިން ދިހަމިނިޓް ވަންދެން އަވަން ހޫނުކުރަން ވާނެއެވެ. ރަނގަޅަށް ފިހެވުމުން ބޯކިބާގެ މައްޗަށް މަޑު މުށިކުލައެއް އަރާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *