އާސެނަލް ގަދަ ހަތަރެއްގެ އުއްމީދު ގައި.

ޕްރެމިއާ ލީގު؛ ލީގުގައި ޗެލްސީ އާއި އާސެނަލް ބައްދަލު ކުރި މެޗު 2-4 ކުން މެޗުން މޮޅުވެ އާސެނަލް ގަދަ ހަތަރަކަށް އެރުމަށް ކުރަމުން އަންނަ މަސައްކަތަށް އުއްމީދު އާކޮށްފިއެވެ. ބްރިޖް ގައި ކުޅުނު މެޗުގައި ޗެލްސީގެ ޑިފެންޑަރ ކްރިސްޓެސްން ގެ ބޮޑު މިސްޓޭކެއްގެ ފައިދާ ނަގާ އާސެނަލް އިން ފުރަތަމަ ލީޑު ނެގިއެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ވާނާ ގޯލް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. ނަމަވެސް 27 މިންޓްގައި ސްމިތް ރޯވި ދެވަނަ ފަހަރަށް އާސެނަލް އަށް ލީޑު ނަގައި ދީފައި ވަނިކޮށް 32 ވަނަ މިނެޓް ގައި ޗެލްސީ ކެޕްޓަން ލަނޑެއް ޖަހައި ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކުރިއެވެ.

ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި އާސެނަލް ތިންވަނަ ލަނޑެއް ޖަހައި ތިންވަނަ ފަހަރަށް މެޗުގެ ލީޑު ނެގިއެވެ. އާސެނަލް އިން 4 ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށް 94 ވަނަ މިނެޓުގައި 3 ޕޮއިންޓް ޔަގީން ކޮށްދިނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ސަކާ އެވެ. މި ނަތީޖާ އާއި އެކު އާސެނަލް ވަނީ 32 މެޗުން 57 ޕޮއިންޓް ހޯދާ ލީގު ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް އާއި ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށް ފައެވެ. ޓޮޓެންހަމް އަށް ކުރި ލިބިފައި ވަނީ ގޯލު ތަފާތުންނެވެ.

ޗެލްސީގެ ޑިފެންސް ލައިނުން މިފަހަކަށް އައިސް ހަދަމުންދާ މިސްޓޭކު ތަކުން ވަނީ ޗެމްޕައަންސް ލީގުން ވެސް ކަޓާފައެވެ. އަދި އެއް ފެންވަރެއްގައި ފޯމް ނުހިފެއްޓޭތީ ނަތީޖާ ތައް ވަނީ ދައްވާން ފަށާފައެވެ.

އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާ އިރު ލިވަޕޫލް އާއި ސިޓީ މިވަނީ ކުޅުނު މެޗުތަކުން މޮޅުވެ ތަށި ހޯދުމުގެ ރޭހުގައި ފޯރި ގަދަ ކޮށް ފައެވެ. ލިވަޕޫލުން ޔުނިޓޭޑް ބަލިކޮށް ލީގު ޓޭބަލް ކުރިއަށް ވަގުތީ ގޮތުން އަރާފައި ވަނިކޮށް ސިޓީ މިވަނީ ބްރައިޓަން 3-0 ކުން ބަލިކޮށް އަލުން ޓޭބަލުގެ ކުރިއަށް ޖެހިފައެވެ. ސިޓީއަށް ގޯލް ޖަހައިދިނީ މަހްރޭޒް،ފޯލްޑަން އަދި ބަނާޑޯ ސިލްވާ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *