ރިއާލް މެޑްރިޑް ލީޑު ފުޅާކޮށް ލީގު ނަގަނީ.

ސްޕެނިޝް ލީގް؛ ރިއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުރި މެޗުން 1-3 ކުން ރިއާލް މޮޅުވެ ލީގުގައި ލީޑު ފުޅާ ކޮށްފިއެވެ. އޮސަސޫނާގެ ދަނޑުގައި ކުޅުނު މެޗުގައި އަލަބާގެ ލަނޑުން 13 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އަދި ޖެހިގެން އައި މިނެޓުގައި ބުޑިމަރ ލަނޑެއްޖަހައި ނަތީޖާ އެއްވަރު ކުރިއެވެ. ފުތަރަމަ ހާފު އެއްވަރުވެގެން ނިމިދާނެ ކަމަށް ބެލެވުނު ނަމަވެސް 45 ވަނަ މިނެޓުގައި އެސެންސިއޯ ލަނޑުން ހާފް ނިމުމުގެ ކުރިން ލީޑު ލިބުނެވެ. ދެވަނަ ހާފު ފެށިގެން 52 ވަނަ މިނެޓާއި 59 ވަނަ މިނެޓުގައި ރިއާލަށް ލިބުނު ދެ ޕެނަލްޓީ އޮސަސޫނާ ކީޕަރުވަނީ ދިފާއު ކޮށް ފައެވެ. ބެންޒަމާ ޖެހި ދެ ޕެނަލްޓީ މަތަ ކުރިނަމަވެސް ފަހު ހާފުގެ އިތުރު ވަގުތުގައި ވަޒަކުއެލް ވަނީ 3 ވަނަ ލަނޑެއް ވައްދާލާފައެވެ. މިނަތީ ޖާ އާއި އެކު ރިއާލަށް މިވަނީ ލީގު ގާތް ގަނޑަކަށް ކަށަވަރު ވެފައެވެ.

ވާދަވެރި ބާސެލޯނާ ބަލިވެ އެޓްލެޓިކޯ އެއްވަރު ވުމުން މިވަނީ 17 ޕޮއިންޓްގެ ބޮޑު ލީޑެއް ލިބިފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *