ތުންފަތް ހިކެނީ ފެންމަދުވީމައެއް ނޫން.

އިންސާނާގެ ހަށިގަނޑަށް ތަފާތު މައްސަލަތައް ކުރިމަތިވުން މަދުކުރުމުގައި ހަށިގަނޑަށް ބޭނުންވާ ބައިތައް އެނގުމަކީ ބޭނުންތެރިކަމެކެވެ. އެގޮތުން ތިރީގައި މިވަނީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާނެ ވިޓަމިންތަކާއި މިނަރަލްސް ތަކެވެ. އަދި ވިޓަމިންތަކާއި މިނަރަލްސް މަދުވުމުން ދިމާވާ މައްސަލަތަކާއި ވިޓަމިންތަކާއި މިނަރަލްސް އިތުރުކުރުމަށް ބޭނުންކުރެވިދާނެ ކާނާއެވެ.

ލޯ ހިކުން: ވިޓަމިން އޭ އާއި ކެރެޓޮން މަދުވީމައެވެ.

އަނގައިން ނުބައިވަސްދުވުން: ވިޓަމިން ބީ6 އައި ޒިންކު މަދުވުމުންނެވެ

ދަތްތައް ހަލާކުވުން: ވިޓަމިން އޭ އަދި ކެލްސިމް އަދި އަޔަން މަދުވީމައެވެ.

ތުންފަތް ހިކުން: ވިޓަމިން އޭ އަދި ވިޓަމިން ބީ2 މަދުވީމައެވެ.

ލޭމަދުވުން: ވިޓަމިން ބީ 6 އަދި ފޯލިކް އެސިޑް މަދުވީމައެވެ.

އަތާއިފައި ފިނިވުން: ވިޓަމިން ބީ 6 އަދި ފޯލިކް އެސިޑް މަދުވީމައެވެ.

އަވަހަށް ވަރުބަލިވުމާއި ކަންނެތްވުން: ވިޓަމިން ބީ 1 ވިޓަމިން2 އަދި ވިޓަމިން ބީ 6 މަދުވީމައެވެ.

އިސްތަށިފޭބުން: ވިޓަމިންއޭ ވިޓަމިން ބީ 6 ޒިންކް އަދި ކެލްސިއަމް މަދުވީމައެވެ.

ފައިދުޅަވުން: ޕޮޓޭޝިއަމް މަދުވުމުންނެވެ.

ގައިގާ ރިއްސުން: ވިޓަމިންޑީ މަދުވުމުންނެވެ.

 

ކޮންމެ ދުވަހަކުވެސް މަދުވެގެން ދެ ތަށި ކިރު ބޯށެވެ. އަދި ނަޓްސް ކާށެވެ. ވިޓަމިން ބީ 2 ލިބޭނެއެވެ. ގެރިމަހުގައި އަދި ރަތްކުލަގަދަ އެއްގަމު މަހުގައި ޒިންކް ހިމެނެއެވެ. ތަރުކާރީ އާއި މޭވާ އަދި މަހުގެ މޭގައި ވިޓަމިން އޭ ހިމެނެއެވެ. ހަށިގަނޑުގެ ދިފާއީ ބާރުގަދަ ކުރުމަށާއި ބޮލުން އިސްތަށިފޭބުން ދުރުކޮށްދިނުމަށް ވިޓަމިން އޭ ވަރަށް ބޭނުންތެރިއެވެ.  ލޭ ގިނަކުރުމަށްޓަކައި ދަނގަޑުގެ ބައި ކެއުމުގައި ބޭނުންކުރުން ވަރަށް މުހިންމެވެ. ބިސް، ބީންސް، ކުކުޅު ފެހިކަންގަދަ ތަރުކާރީ އަދި ފެހިކަން ގަދަ ފަތް ކެއުމުގައި ބޭނުންކުރާށެވެ. އޭރުން މޫޑު ރަނގަޅު ވުމަށްވެސް އެހީތެރިވެދެއެވެ. ވިޓަމިންޑީ މަދުވުމުން ބުރަކަށީގަޔާއި އަދ ގައިގާ ރިއްސާގޮތް މެދުވެރިވެއެވެ. ވީމާ ވިޓަމިންޑީ ލިބޭ ކާނާތަކުތެރޭގައި ރަތްކުލަ ގަދަ އެއްގަމު މަހުގެ އިތުރުން އިރުގެ އަވި ބޭނުންވެއެވެ. ޕޮޓޭޝިއަމް ގިނަކުރުމަށްޓަކައި މޭވާއާއި ތަރުކާރީގެ ބާވަތްތައް ގިނަކުރާށެވެ. އޭރުން ފައިދުޅަވުމާއި މަސްގަނޑު އިރައިގެން ދިއުން ފަދަ ކަންކަމުން ދުރުވާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *