ދިވެހިރާއްޖޭގައި ބަނޑުހިކުމުގެ މައްސަލަ ދިމާވާ މީހުން ގިނަކަމަށް ފެނެއެވެ. ހަޖަމުކުރާ ނިޒާމު ފުރިހަމައަށް މަސައްކަތް ކުރުމަށްޓަކައި ކެއުމުގައި ރަނގަޅު ކާނާ ހިމެނުމާއިއެކު ގަޑިންގަޑިއަށް ނާސްތާކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ކަސްރަތުކުރުމާއި ފެންބުއިމަކީވެސް ބަނޑު ހަރުވުން ދުރުކޮށްދޭ ކަންކަމެވެ.
ކޮފީތައްޓެއް ބޯލުމުން ގިނަ މީހުންނަށް ބަނޑުހިކުމުގެ މައްސަލައަށް ހައްލު ލިބެއެވެ. ސަބަބަކީ ކޮފީބުއިމުން ބަނޑުގައި ހުންނަ ހަޖަމުކުރުމަށް އެހީތެރިވެދޭ އެންޒައިމްސްތައް ހަރަކާތްތެރިކުރުން އަވަސް ކޮށްދޭތީއެވެ. 1998 ވަނަ އަހަރު ޔޫރަޕިއަން ޖާނަލް އޮފް ގޭސްޓޯއެންޓޮރލޮޖީ އެންޑް ހެޕަޓޮލޮޖީ ގެ ދިރާސާއަކުން ދައްކާ ގޮތުގައި ރަނގަޅު ކެއުމެއް ކެއުމުން ބަނޑުގެ ހަޖަމް ކުރާ ނިޒާމް ހަރަކާތްތެރި ވާގޮތަށް ކޮފީ ތައްޓެއް ބުއިމުން ހަޖަމުކުރާ ނިޒާމު މަސައްކަތް ކުރެއެވެ.

ހަޖަމުކުރުމަށްޓަކައި ފެންބުއިމަށްވުރެ ކޮފީ ބުއިމުން ހަޖަމުކުރާ ނިޒާމުގެ މަސައްކަތް 60 އިންސައްތަ އިތުރުވެއެވެ. ކޮފީގައި އަވަހަށް ހަޖަމުކުރުވާ ފައިބަރގެ މިންވަރު އިތުރުވުމުގެ ސަބަބުން ބަނޑު ހަރުވުން ދުރުކޮށްދީ ބަނޑުގައި ހުންނަ ބެކްޓީރިއާތައް ބެލެންސް ކުރުވައެވެ. ނަމަވެސް އެކަން ބިނާވެގެންވަނީ ކޮފީގައި ހުންނަ ކެފެއިންގެ މާއްދާތަކުގެ ފުރިހަމަ ކަމުގެ މައްޗަށެވެ. ނަމަވެސް ބައެއް ސިއްޙީ މައްސަލަ ހުންނަމީހުން ނުވަތަ ޑޮކްޓަރުން ކޮފީ ނުބޯން އިރުޝާދު ދީފައިވާ މީހުން ކޮފީބުއިން ރަނގަޅެއް ނޫނެވެ.
